ސަން ބަދިގެ: ރޯސްޓް ބްރިންޖަލް ކަރީ

ބޭނުންވާތަކެތި

  • 8 ބަށި ކޮށާފައި (ދިގުބަށި ރިހަޔަށް ކޮށާވަރަށް)
  • 4 ފިޔާ ( ހިމުންކޮށްކޮށާފައި)
  • 3 ހިކަނދިފަތް
  • 6 ރާނބާފަތްކޮޅު ( 2 / 1 އިންޗިއަށްބުރިބުރިކޮށްފައިހުރި)
  • 1 ސައިސަމުސާ މުގުރި މިރުސް
  • 1 ގިތެޔޮ މިރުސް ( ކޮށާފައި)
  • 2 / 1 ސައިސަމުސާ މުގުރި އަސޭމިރުސް
  • 2 /1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
  • 1 ސައިސަމުސާ މަސްޓަރޑް ކްރީމް
  • 1 ދަޅު ޓޮމާޓޯ ޕޭސްޓް ( ކުޑަ)
  • 3 މޭޒުމަތީ ސަމުސާ ޗިލޯސޯސް
  • 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
  • 1 ސައިސަމުސާ މުގުރި ދިރި
  • 1 މޭޒުމަތީ ސަމުސާ އިނގުރު - ލޮނުމެދު ( ޗިސްކޮށްފައިހުރި)
  • 1 ސައިސަމުސާ އަޖިނަމޮޓޯ
  • 1 މޭޒުމަތީ ސަމުސާ ހަކުރު
  • 3 / 1 ސައިސަމުސާ މިކްސްޑް ހާރބްސް
  • 1 ޖޯޑު ކާށި ބޯކިރު
  • 3 / 1 ސައިސަމުސާ ރީނދޫ
  • 5 މޭޒުމަތީ ސަމުސާ ހަވާދު
  • ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ބަށިކޮޅު ލޮނުކޮޅަކާއި ރީނދޫކޮޅެއް ލައިގެން މާބޮޑަށް ޗަސްނުވާވަރަށް ފެނުކައްކާފައި ފެން ފުރާނާލާފައި ބަހައްޓާށެވެ. ދެން ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، މިރުސް، ހިކަނދި-ރާނބާ އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވީމާ ބަށިކޮޅާއި ކިރު ފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން ބަށިކޮޅު އެއްކޮށްފައި ކިރުވެސް އެއްކޮށްފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.

މި ރިހަ ކުޑަކޮށް ހިކިކޮށްވެސް އަދި ކުޑަކޮށް ދިޔާކޮށްވެސް ބެހެއްޓިދާނެ އެވެ.

comment ކޮމެންޓް