ސަން ބަދިގެ: ޕައިނެޕްލް ކަރީ

ބޭނުންވާ ތަކެތި

  • 1 ތާޒާ އަލަނާސިއެއް (ބޭރު މަށައި ރިހަޔަށް ތަރުކާރީ ކޮށާ ވަރަށްްކޮށާފައި)
  • 3 ފިޔާ ( ހިމުންކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ގިތެޔޮ
  • 1 ސައިސަމުސާ އަޖިނަމޮޓޯ
  • 1 ސައި ސަމުސާ މަސްޓަރޑް ސީޑްސް
  • 3/1 ޖޯޑު ޗިލީ އެނޑް ގާރިލިކް ސޯސް
  • 2/1 ޖޯޑު ޓޮމާޓޯ ޕޭސްޓް
  • 1 ސައި ސަމުސާ ރާޅުކޮށް ތަޅާފައި ހުރި ހިކިމިރުސް
  • 1 ސައި ސަމުސާ އިނގުރު ( ޗިސްކޮށްފައި ހުރި)
  • 1 ސައި ސަމުސާ ލޮނުމެދު ( ޗިސްކޮށްފައި ހުރި)
  • 2/1 ސައި ސަމުސާ މުގުރި ފޮނި ތޮށި ކާފޫރު ތޮޅި
  • 1 ސައި ސަމުސާ މުގުރި ދިރި
  • 2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 1 ޖޯޑު ކާށި ބޯކިރުު
  • ލޮނުކޮޅެއް
  • ތެޔޮ ފޮދެއް

ތައްޔާރުކުރާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ގިތެޔޮކޮޅު އަޅާލާފައި ގިތެޔޮކޮޅު ދިޔާވީމާ ފިޔާކޮޅާއި، ހިކަނދިފަތް އަޅާލާފައި ފިޔާކޮޅު މޯޅި ވީމާ އަލަނާސިކޮޅު އަޅާފައި ކުޑަކޮށް ހަނާކޮށްލާށެވެ. ދެން ބާކީ ހުރި ހުރިހާ ބާވަތް ތައް ފަހަރަކު ބާވަތެއް އެއްކޮށްފައި ރޯފިލަން ދެން މަޑު ގިނީގައި ކައްކާށެވެ. މިރިހަ ހުންނާނީ ހިކިކޮންނެވެ. ބިރިޔާނި ފަދަ ބާވަތް ތަކާއި އެއްކޮށް ވަރަށް މީރު ވާނެ އެވެ.

comment ކޮމެންޓް