ސަން ބަދިގެ: ސްޕެގެޓީ ވިތު ޓޫނާ ސޯސް

ބޭނުންވާތަކެތި

  • 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 3 މަޝްރޫމް (ކުދިކޮށް ކޮށާފައި)
  • 2/1 ޖޯޑު ޕީލްޑް ޓޮމާޓޯ (ސޯސްގަނޑު ތެރޭގައި ހުންނަ ޓޮމާޓޯ ކޮޅު ކޮށާފައި)
  • 1 ފިޔާ (ހިމުންކޮށް ކޮށާފައި)
  • 1 ކެރެޓް (ހިމުންކޮށް ކޮށާފައި ނުވަތަ ގާނާފައި)
  • 5/1 ސައިސަމުސާ އޮރެގާނޯ
  • 2/1 ޖޯޑު ހިމުންކޮށް ފައި ހުރި ތާޒާ މަސް ނުވަތަ ފަސްމީރުމަސް
  • 2 ޖޯޑު ކައްކާފައި ހުރި ސްޕެގެޓީ
  • ލޮނުކޮޅެއް
  • ތެޔޮފޮދެއް
  • ކުޑަ ޕާސްލީކޮޅެއް (ހިމުންކޮށްފައި ހުރި)
  • މުގުރި އަސޭމިރުސްކޮޅެއް

ތައްޔާރުކުރާނެގޮތް

ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ، ލޮނުމެދު، ކެރެޓް، އަޅާލާފައި ކުޑަކޮށް މޯޅިކޮށްލާފައި މަޝްރޫމް، އަދި މަސް އެއްކޮށްފައި ކުޑަ އިރުކޮޅަކު ކައްކާލާފައި ޓޮމާޓޯ، ލޮނު، އޮރެގާނޯ، އަސޭމިރުސް، އެއްކޮށްފައި 5 ވަރަކަށް މިނިޓް ކައްކާފައި އުނދުން މަތިން ބާލާށެވެ. ދެން ސްޕެގެޓީ ތަށްޓަށްކަށް އަޅާފައި މައްޗަށް ސޯސް އަޅާލާފައި، ޕާސްލީކޮޅު ބުރުވާލާފައި އޭގެ މައްޗަށް ޗީޒް ގާނާފައި ބުރުވާލުމުން އެހެރީ ސްޕެގެޓީ ވިތު ޓޫނާ ސޯސް ތައްޔާރު ވެފައެވެ. ދެން ފަރިއްކުޅުއްވާށެވެ.

comment ކޮމެންޓް