އެއް ލައްކަ ބިހުގެ ބިސްގަނޑެއް ދުށިންތަ؟

ދުނިޔޭގެ ރެކޯޑު ފޮތަށް އަރާފައިވާ ބައެއް ތަކެތި -- ފޮޓޯ ޕޯސްޓް ނިއުސް

ގިނަ މީހުން ބޭނުންވަނީ އެމީހުންގެ އަގުހުރި ވަގުތުތަށް ކޮންމެވެސް އަޖައިބުކުރުވަނިވި ކަމެއްގައި ހޭދަކުރުމަށެވެ. ސައިޒުން ދައްކުވައިދޭ، ރެކޯޑަކަށް ވާކަހަލަ ކަމެއް ވިއްޔާ މީހުން އަދި ވަރަށް ފޯރި ހުރެ އެވެ. އެގޮތުން މީހުން ހައިރާން ކުރުވާފަދަ ބޮޑެތި ރެސިޕީ ތަކުން ތައްޔާރުކޮށްފައިވާ އަދި ދުނިޔޭގެ ރެކޯޑު ފޮތަށް އަރާފައިވާ ބައެއް ބޮޑެތި ކާނާ ތަކަށް ބަލައިލާނަމެވެ.

ދުނިޔޭގެ އެންމެ ބޮޑު ބިސްގަނޑު

ދުނިޔޭގެ އެންމެ ބޮޑު ބިސްގަނޑު -- ފޮޓޯ ޕޯސްޓް ނިއުސް

ދުނިޔޭގެ އެންމެ ބޮޑު ބިސްގަނޑު ހެދީ ކޮންބައެއްކަން އެނގޭ ހެއްޔެވެ؟ ބަރުދަނުގައި ހަ ޓަނު ހުއްނަ އެ ބޮޑު ބިސްގަނޑު ހަދާފައި ވަނީ ތުރުކީގެ ބިސް އުފައްދާ ކުންފުންޏަކުންނެވެ. އެ ބިސްގަނޑު ހެދުމަށް އެމީހުން ބޭނުންކޮށްފައި ވަނީ 432 ލިޓަރުގެ ތެލާއި، 110،000 ބިހެވެ. މީގެ ކުރިން އެ ރިކޯޑު ހިފަހައްޓާފައި ވަނީ ކޭޕް ޓައުންއިންނެވެ. އެމީހުން ހެދި ބިސްގަނޑުގައި 3.625 ޓަނު ހުއްޓެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޭންޑްވިޗް

ދުނިޔޭގެ އެންމެ ބޮޑު ސޭންޑް ވިޗް ހަދާފައިވަނީ މެކްސިކޯގައެވެ. މެކްސިކަން ކުންފުންޏެއް ކަމަށްވާ މެކްސިކީއުން ތައްޔާރުކުރި އެ ސޭންޑްވިޗްގައި 3178 ކިލޯ ހުއްޓެެވެ.

އެންމެ ބޮޑު ޒިލޭބީ ކާން ބޭނުން ތަ؟

ޒިލޭބީ އަކީ އިންޑިއާގެ ކާނާއަކަށް ވާއިރު އެންމެ ބޮޑު ޒިލޭބީ ތައްޔާރުކޮށްގެން އެ ރިކޯޑު މުގުރާލާފައިވެސް ވަނީ އިންޑިއާ އިންނެވެ. އިންޑިއާގެ މުންބާއީގައި ހުންނަ ސަންސްކްރިތީ ރެސްޓޯރެންޓުން ތައްޔާރު ކުރި އެ ޒިލޭބީގެ ޑައި މީޓަރުގައި 90 ފޫޓް ހުއްޓެވެ. 12 މީހުންގެ ޓީމަކުން ތައްޔާރު ކުރި އެ ޒިލޭބީ ހެދުމަށް އެމީހުން ހޭދަ ކުރީ ހަތަރު ގަޑި އިރެވެ. ނަމަވެސް އޭގެ ކުރިން 100 ދުވަސް ވަންދެން ކޮންމެ ދުވަހަކު 20 ގަނޑިއިރު ޒިލޭބީ ހެދުމުގެ ޕްރެކްޓިސް ވަނީ ޖައްސާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ދޯސާ ތައްޔާރުކުރި މީހުން އެނގޭތަ؟

ސައުތު އިންޑިއަން ސްޓޭޓްގައި ތަމަޅައިންގެ އުފެއްދުމެއް ކަމަށްވާ ދޯސާ، އޭގެ އެންމެ ބޮޑު ދޯސާއެއް ހަދައިގެން ރިކޯޑު މުގުރާލީވެސް ތަމަޅައިންނެވެ. މަޝްހޫރު ކެއްކުންތެރިޔާ ޑަމޯރާނަން 20 ތަޖުރިބާ ކާރުންނާއި އެކު ހެދި އެ ދޯސާގައި 48.25 ފޫޓު ހުރެ އެވެ. އެ ދިގު ދޯސާ ހެދުމަށް ފަސް ގަޑި އިރު ނެގިކަމަށް އެމީހުން ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޕިއްޒާ

ދުނިޔޭގެ އެންމެ ބޮޑު ޕިއްޒާގައި 131 ފޫޓު ހުރެ އެވެ. އަދި ބަރުދަނުގައި 51،000 ޕައުންޑް ހުރެ އެވެ. އެ ޕިއްޒާ ހެދުމަށް 1488 ޕައުންޑް މާޖިރީން އާއި 19800 ޕައުންޑް ފުށާއި، 10،000 ޕައުންޑް ޓޮމާޓޯ ސޯސް އަދި 8800 ޕައުންޑް މޮޒްރެލާ ޗީޒްގެ އިތުރުން 551 ޕައުންޑް ލޮނާއި، 220 ޕައުންޑް ލެޓިއުސް އަދި 55 ޕައުންޑް ވިނެގާ ބޭނުންކޮށްފައިވެ އެވެ. އެ ޕިއްޒާ ތައްޔާރުކޮށްފައި ވަނީ ފަސް އިޓާލިއަން ޝެފުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު