ކަރުގައި ރިއްސުން ހައްލުކުރުމަށް ކެއުމުގައި ބޭނުން ކުރެވިދާނެ ބައެއް ކާނާ

ކަރުގައި ރިއްސާނަމަ ކައުމުން އެކަން ހައްލު ކުރެވިދާނެ --

ކަރުގައި ރިއްސުމަކީ ވަރަށް ވޭން ހުރި ކަމެކެވެ. ވާހަކަ ދެއްކުމަށާއި ކައިބޮއި ހެދުމަށްވެސް އުނދަގޫވެ އެވެ. ކަރުގައި ރިހުން ހައްލުކުރުމަށް ވަރަށް ގިނަ ބާވަތްތަކުގެ ބޭސް ހުރެ އެވެ. އެހެންނަމަވެސް ކަރުގައި ރިހުން ފިލުވުމަށް އެކަށީގެންވާ ކާނާ ބޭނުން ކުރުމުން ކަރުގައި ރިހުން ފިލާލެއް އަވަސް ކަމަށް ގިނަ ފަރާތްތަކުގެ ތަޖުރިބާގެ އަލީގައި ބުނެފައިވެ އެވެ. އެގޮތުން ކަރުގައި ރިހުން ހައްލުކުރުމަށް ކެއުމުގައި ބޭނުން ކުރެވިދާނެ ބައެއް ކާނާގެ މައުލޫމާތު ގެނެސްދޭނަމެވެ.

ޗިކަން ސޫޕް

ކަރުގައި ރިއްސުން ހައްލުކުރުމަށް ބޭނުން ކުރެވިދާނެ ކާނާގެ ލިސްޓުގައި އަބަދުވެސް ޗިކަން ސޫޕް ހިމެނެ އެވެ. ޗިކަން ސޫޕުގައި ހިމެނޭ އެންޓިބަޔޮޓިކްގެ ސަބަބުން ކަރުގައި އުފެދޭ އިންފެކްޝަން ނެތިގެންދާނެ ކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. އޭގެ އިތުރުން ސޫޕް ތައްޔާރުކުރާ އިރު، އިނގުރު، ޓާނިޕް އަދި ކެރޮޓް ފަދަ ތަކެތި އެޅުމުން އޭގެނެ ލިބޭ ސިއްހީ ފަރުވާ އިތުރުވެގެން ދާނެ އެވެ.

ދޮންކެޔޮ

ކަރުގައި ރިއްސުމުގެ މައްސަލަ ދިމާވާ ނަމަ، އެސިޑިކް އެކުލެވޭ ކާނާ ގިނައިން ކެއުމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ. ހާއްސަކޮށް ކަރުގައި ރިހި ހިންދިރުވަން އުނދަގޫވާ ނަމަ ދޮންކެޔޮލަކީ އެންމެ ރަނގަޅު ހައްލުކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. އެއީ ދޮންކެޔޮލުގައި ހައި ޕޮޓޭސިއަމްގެ އިތުރުން ވިޓަމިން ސީ އަދި ވިޓަމިން ބީ ސިކްސް އެކުލެވޭތީ އެވެ. އަދި ދޮންކެޔޮލަކީ ދިރުވާލަން ފަސޭހަ މަޑު މޭވާއަކަށްވުމަކީ ވެސް ކަރުގައި ރިއްސާ މީހުންނަށް ކާން ފަސޭހަވެގެންދާނެ ކަމެކެވެ.

ލޮނބޯ ޖޫސް އަދި މާމުއި

ލޮނބޯ އަދި މާމުއި އަކީ ކަރުގައި ރިހުން ފިލުވުމަށް ރަގަޅު ފަރުވާ އެކެވެ. އެގޮތުން ކަރުގައި ރިއްސާނަމަ ތާފަނާ ފެނަށް ލޮބޯހުތާއި މާމުއި އެއްކޮށްގެން ބުއިމުން ރިހުން ފިލައިގެން ދާނެ އެވެ.

ބިސް

މާގަދައަށް ކަރުގައި ރިއްސާނަމަ ޕްރޮޓީނެ އެކުލެވޭ އެއްޗިހި ކާން ފަސޭހަވެ ކެއުން މުހިންމު ކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. އެގޮތުން ބިހަކީ ގިނަ އަދަދަކަށް ޕްރޮޓީންސްއެކުލެވޭ ބާވަތެކެވެ. ބިސް ކެއުމުން ކަރުގައި ރިހުން ފިލައިގެން ދާނެ އެވެ. އެހެންނަމަވެސް ބިސް ކައްކާއިރު އެއްވެސް ވަރަކަށް ލޮނު ނުވަތަ އެއްވެސް ކަހަލަ ކެޗަޕެއް ބޭނުން ނުކުރާށެވެ. އޭއްޗިއްސަކީ ކަރުގައި ހަލާކުވެފައި ހުންނަ ތަންތަން ބޮޑަށް ހަލާކުވެ ކަރު ކެހުމަށް މަގުފައިވާނެ ކަމެކެވެ.

މިތަކެތީގެ އިތުރުންވެސް ފެނުކެއްކި ކެރެޓާއި އިނގުރު އަދި މާމުއި ސަޔަކީ ވެސް ކަރުގައި ރިހުން ފިލުވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ ތަކެއްޗެވެ.

މައުލޫމާތު: ހެލްތް ޑައިޖެސްޓް

comment ކޮމެންޓް