އަނގޮޅިތީމް ބައި އިލެކްޝަން މުހައްމަދު އިބްރާހީމް ކާމިޔާބުކުރައްވައިފި

ރ. އަގޮޅެތީމް

މިއަދު ބޭއްވި ރ. އަނގޮޅިތީމް ކައުންސިލްގެ ބައި އިލެކްޝަން އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަގޮޅެތީމް މުރަކަ މުހައްމަދު އިބްރާހީމް ކާމިޔާބު ކުރައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން މުހައްމަދު އިބްރާހީމަށް ލިބިވަޑައިގެންފައި ވަނީ 101 ވޯޓެވެ.

އިތުރު ދެ ކެންޑިޑޭޓުން އަމިއްލަގޮތުން އޭނައާ ވާދަކުރެއްވިއިރު، އެބޭފުޅުންގެ ތެރެއިން އެރަށު ޝަބުނަމީގޭ އައިޝަތު އިނާޝާއަށް ލިބިވަޑައިގަތީ 92 ވޯޓެވެ. އަދި އެރަށު ފައިން ބީޗް މުހައްމަދު އަލީ އަށް ލިބިވަޑައިގަތީ 75 ވޯޓެވެ.

އަނގޮޅިތީމް ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓުލާފައި ވަނީ 274 މީހުންނެވެ.

comment ކޮމެންޓް