އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މަސައްކަތް ނުފެށުމަށް އަމުރުކޮށްދިނުމަށް ސައިރިކްސް އިން ކޯޓުގައި އެދެފި

އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މަސައްކަތް ނުފެށުމަށާއި އިއާދަ ނުކުރެވޭ އެއްވެސް ބަދަލެއް އެ ބިމަށް ނުގެނައުމަށް ސައިރިކްސް ކޮމްޕިއުޓާ ޓްރެއިނިން ސެންޓަރުން ސިވިލް ކޯޓުގައި މިއަދު އެދެފި އެވެ.

އަރަބިއްޔާގެ އިމާރާތަށް ސައިރިކްސް އިން ކުރި ބިޑް ކެންސަލްކޮށްފައި ވަނީ ބިޑިން ޑޮކިއުމެންޓާ ހިލާފަށް ކަމަށް ބުނެ އެ ކުންފުނިން ދައުވާ ކުރާ މައްސަލައިގައި ޝަރީއަތުގައި އެ ކުންފުނިން ބުނީ، އެ އިމާރާތަކީ ސައިރިކްސް އަށް ހަދަން ލިބެން ޖެހޭނެ އިމާރާތެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ޝަރީއަތް ނިމުމުގެ ކުރިން އެ އިމާރާތުގެ މަސައްކަތް ފަށައިފި ނަމަ އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ސައިރިކްސް އިން ބުންޏެވެ.

ސައިރިކްސް އިން އެދުނީ އެ މައްސަލައިގެ ޝަރީއަތް ނިމުމުގެ ކުރިން އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މަސައްކަތް ނުފެށުމަށާއި އިއާދަ ނުކުރެވޭނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުމަށް އަމުރުކޮށްދިނުމުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް އެ މުއްދަތުގެ ތެރޭގައި އަރަބިއްޔާ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ނުކުރުމަށެވެ.

އަރަބިއްޔާގެ އިމާރާތް ކުރުން ހުއްޓުމަށް ކޯޓުގައި އަމުރަކަށް އެދިފައިވީ އިރު އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މަންދު ކޮލެޖުގެ އިމާރާތަށް ބަދަލު ކުރި މައްސަލައިގައި ސްކޫލް ބޯޑުގެ ބައެއް މެންބަރުންނާއި ބެލެނިވެރިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާ ވެސް ކޯޓުގައި ކުރިއަށްދެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު