އަފްރީދީގެ މޮޅު އުކުމާއެކު ލަންކާ އަތުން ޕަކިސްތާނަށް 11 ލަނޑުގެ މޮޅެއް

ކެޕްޓަން ޝާހިދު އަފްރިދީގެ މޮޅު އުކުމާއެކު ލަންކާ އަތުން ވޯލްޑް ކަޕުގައި މޮޅުވަމުން އަންނަ ސިލްސިލާ ޕާކިސްތާނުން ދަމަހައްޓައިފި އެވެ.

މިހާތަނަށް ވޯލްޑް ކަޕުގައި މި ދެ ގައުމު ކުޅުނު ހަ މެޗު ވެސް ކާމިޔާބު ކޮށްފައިވާ ޕާކިސްތާނުން ރޭގެ މެޗު ކާމިޔާބު ކުރީ 11 ލަނޑުންނެވެ.

ވަރަށް ވާދަވެރި ކުޅުމެއް ފެނުނު ޕާކިސްތާނަށް ފުރަތަމަ އިނިންގްސްގައި ހަތް ކުޅުންތެރިން ނުވައިގެން ހެދުނީ 277 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ޔޫނިސްޚާން އާއި މިސްބާހުލް ހައްގެވެ.

ޖަވާބުގައި ލަންކާ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވި އިރު ޕާކިސްތާނު ބަލިކުރަން 12 ލަނޑު ހަދަން ޖެހިފައިވެ އެވެ.
ޕާކިސްތާނު ޓީމުން އަފްރީދީ ހަތަރު ވިކެޓް ނެގިއިރު ބާރު އުކުންތެރިޔާ ޝުއައިބް އަހްތަރު ވެސް ދެ ވިކެޓް ނެގި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު