ބާސެލޯނާ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އެއްވަރުވެ ބާސެލޯނާ ލީޑު ހަތް ޕޮއިންޓް ފުޅާވެއްޖެ އެވެ.
ރެޔާލް މަޔޯކާ އަތުން ބާސެލޯނާ ރޭ މޮޅުވީ 3-0 އިންނެވެ.

މި މެޗުގައި ބާސެލޯނާގެ ކުރި އަށް ކުޅޭ ތިން ކުޅުންތެރިން ވެސް ލަނޑު ޖެހި އެވެ. ލަޔޮނަލް މެސީ އަށް ފަހު ޑޭވިޑް ވިޔާ ލަނޑު ޖަހާފައިވަނިކޮށް ފަހު ލަނޑު ޖަހައިދިނީ ޒުވާން ޕެޑްރޯ ރޮޑްރިގޭޒް އެވެ.
މި މެޗަށް ފަހު ބާސެލޯނާގެ ލީޑު ފުޅާވީ ޑިޕޯޓިވޯ ލަކަރޫނިޔާގެ ދަނޑުގައި ޓޭބަލުގެ ދެވާނައި އޮތް ރެއާލް މެޑްރިޑް ކުޅުނު މެޗު 0-0 އިން އެއްވަރުވުމުންނެވެ.

ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެމެނުއަލް އަޑެބަޔޯ އަދި ކަރީމް ބެންޒެމާ އާއި އެންޖެލް ޑިމާރިއާ ޖެހި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ހޯދި އެވެ. ބައެއް ބޯޅަތައް ގޯލުގަ ދަނޑިއާ އަމާޒުވިއިރު އަނެއްބައި ބޯޅަތައް ގޯލަށް ނުވަނީ ކީޕަރު ހުށިހާރުކަމުންނެވެ.

ސްޕެނިޝް ލީގުގައ އެތްލެޓިކޯ މެޑްރިޑާއި ސެވިއްޔާ ކުޅުނު މެޗު ރޭ ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެސްފަނިޔޯލް އާއި ރެއާލް ސޮސިއެޑާޑްގެ މެޗު 4-1 އިން ކާމިޔާބު ކުރީ ސޮސިއެޑާޑެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު