ކުޑަކުދީންގެ ބަގީޗާގައި އޮންނަ ކިނބޫ އެހެން ތަނަކަށް ގެންގޮސްފި

ކުޑަކުދިންގެ ބަގީޗާ -- ސަން ފައިލް ފޮޓޯ

އަހަރުތަކެއް ވަންދެން ކުޑަކުދީންގެ ބަގީޗާގައި ބާއްވާފައިއޮތް ކިނބޫ އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ ކިނބޫ އިއްޔެ ސިފައިންގެ ބެލުމުގެ ދަށުން ރައްކާތެރި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޒަމާންތަކެއް ވަންދެން އެ ބަގީޗާގެ ކޮއްޓެއްގައި ބާއްވާފައި އޮތް ކިނބޫ އެހެން ތަނަކަށް ބަދަލުކުރީ ކީއްވެ ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

"ކިނބޫ އޮތީ ރައްކާތެރިކަމާ އެކު ސިފައިންގެ ބެލުމުގެ ދަށުގައި،" އޮފިޝަލް ވިދާޅުވި އެވެ.

ކުޑަކުދިންގެ ބަގީޗާގައި ބާއްވާފައި އޮންނަ ކިނބޫ އެހެން ތަނަކަށް ބަދަލުކޮށްފައިވަނީ އެތަނުގެ މަރާމާތުގެ މަސައްކަތެއް ކުރަމުން ގެންދާތީ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ ކިނބޫ އަތުލައިގެންފައިވަނީ މާލެ ވިލިމާލެ ފަޅުތެރެއިން މީގެ 17 އަހަރު ކުރިންނެވެ. އޭގެ ފަހުން އެ ކިނބޫ އެހެންތަނަކަށް ބަދަލުކުރި މިއީ ފުރަތަމަ ފަހަރު ވެސް މެ އެވެ.

comment ކޮމެންޓް