ފަސޭހައިން ބޭރު ފައިސާ ނުލިބޭ މައްސަލައަށް އަވަސް ފިޔަވަޅު އަޅަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ރާއްޖޭގެ ބާޒާރުގައި ބޭރު ފައިސާ ލިބުން ދަތިވެފައިވާތީ، ފަސޭހައިން ބޭރު ފައިސާ ގަންނަން ލިބޭނެ އިންތިޒާމުތަކެއް އަވަހަށް ހަމަޖައްސައި ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމަވާފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދު މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުން ނިންމަވާފައި ވަނީ ބޭރު ފައިސާ ލިބުމުގެ ދަތިކަން ދިގު މުއްދަތަކަށް ދެމިގެންގޮސްފައިވާއިރު، މިކަމާމެދު އެކަށީގެންވާ ފިޔަވަޅުތަކެއް އަވަހަށް އެޅުމަށެވެ.

އެ ގޮތުން ބޭރު ފައިސާއާބެހޭ ގަވާއިދުތައް ތަންފީޒު ކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ވަޒީރުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ބޭރު ފައިސާ، ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމުތަކެއް އަވަހަށް ހަމަޖައްސައި ފިޔަވަޅު އެޅުމަށް ނިންމެވި އެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީ، (އައިއޭސީއޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ވެސް މިއަދު ވަނީ ނިންމަވާފަ އެވެ. އައިއޭސީއޭއަކީ، އދ އާ ގުޅިގެން އޮސްޓްރިއާއިން އުފައްދާފައިވާ ޖަމާއަތެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު