އަރާމުކޮށް ނިދާލުމަށް ކުރެވިދާނެ ބައެއް ކަންކަން

ނިންޖަކީ އިންސާނާގެ ދިރިއުޅުމުގެ އެއްބައެވެ. ގިނަ ފަހަރު ހަމަނިދި ނުލިބި ކުރާ މަސައްކަތް އެއްވެސް ފައިދާ ހުރި އެއްޗަކަށް ވެގެން ނުދެއެވެ. އަރާމުކޮށް ނިދާލަން ބޭނުންވި ނަމަވެސް ބައެއް ސަބަބުތަކާ ހެދި ނުނިދޭ މީހުންވެސް މަދެއް ނޫނެވެ. އެހެންކަމުން އަރާމުކޮށް ނިދާލުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ވާހަކަ ހިމަނާލާނަމެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްލީޕް އެންޑް ވިގިލޭންސް (އައިއެންއެސްވީ) އިން އާންމުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން ކެއުމުގެ ގަޑިތަށް ހަމަޔަކަށް އެޅުވުމާއި، ކާތަކެތި ތަފާތުކޮށްލުމުން އަރާމުކޮށް ނިދާލުމަށް މަގުފަހިވެގެންދާނެއެވެ.

ރޭގަނޑުގެ ކެއުން ރަނގަޅަށް ކެއުން

ރޭގަނޑު ނިދުމުގެ ކުރިން ރަގަޅަށް ކައި އެނާޖީ ލިބިއްޖެ ނަމަ އަރާމުކޮށް ނިދުމަށް މަގުފަހިވެގެން ދާނެއެވެ. ކާއިރު ހެނދުނު ހޭލަން ވާއިރަށް ބަނޑުހައި ނުވާ ވަރަށް ކާށެވެ. އޭގެ އިތުރުން ހަވީރުގެ ސައި ނުވަތަ ކާ ތަކެއްޗަކީ އެހާ ބަރު ނޫން ފަސޭހައިން ހަޖަމްކޮށްލެވޭ ކާއެއްޗަކަށް ހެދުން މުހިންމު ކަމަށް އައިއެންއެސްވީ އިން ވަނީ ބުނެފައެވެ.

މެންދުރުގެ ކެއުމުގައި މަސްކޮޅެއް ހިމަނާލުން

ރޭގަނޑު ނިދަން އުނދަގޫވޭ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ މެންދުރު ކާއިރު ކޮންމެވެސް ކަހަލަ މަހުގެ ބާވަތެއް ކެއުމުގައި ހިމަނާލާށެވެ. އެހެންނަމަވެސް މަސް ކަހަލަ ޕްރޮޓީން ގިނަ ކެއުން ރޭގަނޑުގެ ކެއުމުގައި ބޭނުން ނުކުރާށެވެ. އޭގެ ބަދަލުގައި ކާބޯހައިޑްރޭޓްސް އެކުލެވޭ އަލުވި ކަހަލަ އެއްޗެއް ރޭގަނޑުގެ ކެއުމުގައި ހިމަނާލުން ރަގަޅު ވާނެއެވެ. އަދި ނިދުމުގެ ދޭއް ނުވަތަ ތިން ގަޑި އިރު ކުރިއަށް ރޭގަނޑުގެ ކެއުން ކާންވާނެއެވެ.

ފަތްޕިލާވެލީގެ ސައެއް ނިދާގަޑީގައި ބޯލުން

ފެހިކަން އެކުލެވޭ އެއްޗިއްސަކީ އަބަދުވެސް ހިތްހަމަ ޖެހުން ލިބޭ އެއްޗިއްސެވެ. އެގޮތުން ގިނަ ގަސްތަކެއް ފެނުމުންވެސް ހިތަށް ފިނިކަން ލިބިދެއެވެ. އަރާމުކޮށް ނިދާލަން ބޭނުން ނަމަ ނިދުމުގެ ކުރިން ފަތް ޕިލާވެލި އެކުލެވޭ ސައެއް ބޯލާށެވެ. އޭރުން ހިތަށް ފިނިކަން ލިބި އަރާމުކޮށް ނިދާލެވޭނެއެވެ.

މެންދުރު ކެފެއިން އެކުލެވޭ އެއްޗިހި ބުއިން މަދުކުރުން

އާންމުކޮށްވެސް މެންދުރުގެ ވަގުތުތަކުގައި ކެފެއިން އެކުލެވޭ ބުއިމުގެ ތެރޭގައި ހިމެނޭ ކޮފީގެ ބާވަތްތަށް މީހުން ބޮއި ހަދައެެވެ. އެހެން ނަމަވެސް ރޭގަނޑު އަރާމު ނިންޖެއް ބޭނުންވާނަމަ މެންދުރުގެ އެ ބުއިންތަށް ހުއްޓާލާށެވެ. ހާއްސަކޮށް މެންދުރު ތިނެއް ޖެހުމަށް ފަހު އެކަހަލަ އެއްވެސް އެއްޗެއް ބުއިން ރަނގަޅެއް ނޫނެވެ.

comment ކޮމެންޓް