ޓޮމާޓޯ ސޯސް އިން ލިއްބައިދޭ ހައިރާން ކުރުވަނިވި ބައެއް ފައިދާ

ޓޮމާޓޯ ސޯސް

ހޮޓް-ޑޯގް ބާގާރ އަދި ފްރެންޗް ފްރައިސް ކަހަލަ އެއްޗެއް ކާނަމަ އެއާ އެކު ޓޮމާޓޯ ސޯސް ކެއުމުން ނޫނީ، ކެއުން ފުރިހަމައެއް ނުވެ އެވެ. ގިނަ މީހުންނަށް އޭގެ ހަގީގީ ރަހަ އަންނަނީވެސް ޓޮމާޓޯ ސޯސް ކެއުމުން ކަމަށް އެމީހުން ބުނެ އެވެ.

ޓޮމާޓޯ ސޯސްއަކީ އޭގައި ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެއްކަން އެނގެނީ ކިތަށް މީހުންނަށް ބާއެވެ. އެއީ ހަމަ އެކަނި ރަހަ މީރުކޮށްލަން ކެއުމުގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ލިބި ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ.

ހިތުގެ ބަލިތައް

ޓޮމާޓޯ ސޯސް އަކީ ހިތުގެ ބަލިތަކަށް ލިބޭ ފަރުވާ އެކެވެ. ހަށިގަނޑުގައި ލޭ ދައުރުކޮށްދޭ ހޮޅިތައް ބެދުމުގެ މައްސަލަ ކުޑަކޮށްދޭ އޮކްސިޑޭޝަން، ޓޮމާޓޯ ސޯސްގައި ގިނަ އަދަދަކަށް އެކުލެވެ އެވެ. ނަތީޖާއެއްގެ ގޮތުން ލޭ ހޮޅިތަށް ހުޅުވި ލޭ ދައުރުވުން ހަމަޖެހި ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދެ އެވެ.

އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް

އުރަމަތީގެ ކެންސަރަކީ ހާއްސަކޮށް އަންހެނުންނަށް ޖެހޭ ބައްޔެކެވެ. ރާއްޖޭގައިވެސް އާބާދީގެ ގިނަ އަންހެނުން ދަނީ އެ ބަލި ތަހައްމަލު ކުރަމުންނެވެ. އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް ޓޮމާޓޯ ސޯސް ބޭނުން ކުރާށެވެ. ޓޮމާޓޯ ސޯސްގައި އެންޓި އޮކްސިޑެންޓް އަދި އެންޓި އިންފްލިމޭޓަރީ ގިނަ އަދަދަކަށް އެކުލެވެ އެވެ. އެ ދެ މާއްދާއަކީވެސް ކެންސަރުގެ ބަލިތަކަށް މަގުފަހިވާ ކަންކަމުން ދުރުކޮށްދޭ ދެ މާއްދާ އެވެ. އެހެންކަމުން ޓޮމާޓޯ ސޯސްއަކީ އާންމުކޮށްވެސް ކެއުން ފައިދާ ހުރި އެއްޗެކެވެ.

ކަށީގެ ބަލިތައް

ޓޮމާޓޯ ސޯސް އަކީ ކަށީގެ ބަލިތަކަށް ފަރުވާއެއްކަމަށް ދިރާސާތަކުން ދައްކައެވެ. ކަށީގެ ބާރު ވަރުގަދަކޮށް، އާ ކަށި އުފެދުމަށް އެހީވެދޭ ގިނަ މާއްދާތަކެއް ޓޮމާޓޯ ސޯސްގައި އެކުލެވެއެވެ. އަދި ދުވަސްވުމުން ކަށިތަކަށް ދިމާވާ މައްސަލަތައްވެސް ކެއުމުގައި ޓޮމާޓޯ ސޯސް ބޭނުންކުރުމުން ހައްލުވެގެންދާނެ ކަމަށް ޔޫރަޕިއަން ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވެ އެވެ.

ހަންގަނޑަށް ފަރުވާއެއް

ހަންގަނޑު ކުރަކިވެ ހަންގަނޑުގައި ބިހިނެގުމާއި، ލަކުނު ލުމުގެ މައްސަލަތަށް ދިމާވޭ ހެއްޔެވެ. ޓޮމާޓޯ ސޯސް، ކެއުމުގައި ބޭނުން ކުރާށެވެ. ޓޮމާޓޯ ސޯސް އުފެއްދުމުގައި ބޭނުން ކުރާ ލައިކޮޕީން އަކީ އިރުގެ އަލިން ހަންގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. އެހެންކަމުން ޓޮމާޓޯ ސޯސް އަކީ ހަމަ އެކަނި ރަހަ މީރުކުރުމަށް ބޭނުން ކުރާ އެއްޗެއް ނޫންކަން އެގެ އެވެ.

comment ކޮމެންޓް