ދުފުން: ނައްތާލަންވެފައިވާ ނުރަނގަޅު އާދައެއް

ފޯއްކިިބާތަކެއް --

އެއީ ދުނިޔޭގެ އާބާދީގެ އެންމެ 10 ޕަސެންޓް މީހުން ބޭނުން ކުރާ އެއްޗެކެވެ. ހަ ޖޯޑު ކޮފީ ބޯލުމުން ކުރާ ފަދަ އަސަރެއް ކުރާ އެ އެއްޗަކީ ލޯތްބާއި ކައިވެނީގެ ނިޝާނެއްގެ ގޮތުގައި އެއްބަޔަކު ބޭނުން ކުރާ އެއްޗެކެވެ. އެހެން ނަމަވެސް ކާއެއްޗެހި ހަޖަމު ކުރުމުގައި އެހީވެދޭ އެ އެއްޗަކީ އެތައް ހާސް ބަޔަކު އުމުރުކުރުވެ މަރުވާން މެދުވެރިވާ ސަބަބަކަށް ވެސް ވަނީ ވެފަ އެވެ. އެއީ އަހަރެމެން ދުފަން ގެންގުޅޭ ފޯކެވެ.

ބީޓުލް ނަޓް ނުވަތަ ފޯއް ބޭނުން ކުރަނީ އެ ކެއުމުން ކުރާ އިހުސާސަކުން ކަމަށް ހޯދުންތަކުން ބުނެ އެވެ. އޭޝިޔާގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ފޯކަކީ ނިކޮޓީން އާއި އަލްކޮހޯލް އަދި ކެފެއިން އިން އިންސާނާގެ ސިކުނޑިއަށް ލިބޭ ގެއްލުމާ އެއްވަރުގެ ހަމަލާއެއް ދޭ އެއްޗެއްކަމަށް ސައިންސުވެރިން ބުނެ އެވެ.

ހުރިހާ އުމުރެއްގެ މީހުން ބޭނުން ކުރަމުން އަންނަ ފޯކަކީ ކުޑަ ވަގުތު ކޮޅެއްގެ ފައިދާއެއް ލިބޭ އެއްޗެއް ކަމަށްވީ ނަމަވެސް އެ ބޭނުންކުރާ ފަރާތްތަކަށް ފަހުން އެއިން ވާ ގެއްލުންތައް ބޮޑެވެ. ފޯއް ދުފާ ގިނަ މީހުންނަކީ "އޯރަލް" ކެންސަރުގެ ޝިކާރައަކަށްވާ މީހުންނެވެ.

ޓައިވާންގައި "ޓައިވާންގެ ޗުވިން ގަމް"ގެ ނަން ދެވިފައިވާ ފޯކަކީ ވަރަށް މަޝްހޫރު އެއްޗަކަށް ވެފައިވުމުން އެކަމުން ގިނަ ބަޔަކު އަންނަނީ ކޮންމެ އަހަރަކު މަރުވަމުންނެވެ. އެއާ ގުޅިގެން ޓައިވާންގެ ސަރުކާރުން އަންނަނީ މީހުން މަރުވާ އަދަދު މަދު ކުރަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ތަފާތު ސަގާފަތާއި އާދަކާދަތަކުގައި ފޯއް ބޭނުން ކުރަމުން އަންނަނީ އިތުރު ބާވަތްތަކާ އެކު އެވެ. އެގޮތުން އެ ބޭނުން ކުރާއިރު ހުންޏާއި ކާފޫރުތޮޅި އާއި ފޮނިތޮއްޓާއި ދުންފަތް ފަދަ ތަކެތި އެޅުމަކީ އާންމުކަމެވެ. އޭގެ ތެރެއިން ކާފޫރުތޮޅި އާއި ފޮނިތޮށި ފިޔަވައި އެހެން ބާވަތްތަކަކީ ކާސިނޯޖެން އެވެ. އެއީ ކެންސަރު ޖެހުމަށް މަގުފަހިވާ ތަކެއްޗެވެ.

ޓައިވާން ސަރުކާރުން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ. އޭގެ ތެރޭގައި "ފޯއް ރުއް" އިންދާ މީހުންނަށް އެގަސްތައް ކެނޑުމަށް ފަހު އެހެން ގަސްތަކަށް ބަދަލު ކުރުމަށް ވަނީ އަންގާފަ އެވެ.

ޓައިވާންގެ އިތުރުން އިންޑިއާ އާއި ތައިލެންޑުން ވެސް އަންނަނީ ފޯއް ބޭނުން ކުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް