މުއްމުގެ ދެ ލަވައެއްގެ ޕާފޯމަންސް ވީޑިއޯ ޕްރިމިއާކޮށްފި

ރާއްޖޭގެ ކުރިއަރަމުން އަންނަ ސޯލޯ އާޓިސްޓު މޫޝަން މުބާރިކް (މުއްމު) ކިޔާފައިވާ ދެ ލަވައެއްގެ ޕާފޯމަންސް ވީޑިއޯ ޕްރިމިއާކޮށްފި އެވެ.
https://www.youtube.com/watch?v=rGsFM9LOPA0
ދިވެހިންގެ ތެރެއަށް މަޝްހޫރުވެގެން އައި "ރަންނަމާރި" އަދި "ރީތިކަން"ގެ ޕާފޯމަންސް ވީޑިއޯ ލަވަ ޕްރިމިއާ ކޮށްފައި ވަނީ ނިއުޕޯޓްސް ކެފޭގައި ބޭއްވި ހަފްލާއެއްގަ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި މުއްމު ބުނީ "ރީތިކަން" ލަވައަށް ހާއްސަ ވީޑިއޯ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ވީޑިއޯ ލަވަ އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި ރިލީޒް ކުރާނެ ކަމަށެވެ.

މުއްމު ރިލީޒް ކުރި ޕާފޯމަންސް ވީޑިއޯ ލަވަތަކުގެ ތެރެއިން ރަންނަމާރި ލަވައަކީ މަކާއޯގައި މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ތިން ވަނަ އޭބީޔޫ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރުމަށް ލިބުނު ފުރުސަތުގައި އޭނާ ހުށަހަޅައިދިން ލަވަ އެވެ. އަދި އެ ލަވައަކީ ޖަޕާންގެ ގައުމީ ޓީވީ ޗެނަލް އެންއެޗްކޭގެ ބޮޑު ތަރުހީބެއް ލިބިފައިވާ ލަވައެކެވެ.
https://www.youtube.com/watch?v=yPbtI5omQUI
ފްރާންސްގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ލުއިސް ވިޓަންގެ ޝެވަލް ބްލޯން ރަންދެލި ރިސޯޓާއި ސީޝެލްސްގެ މަޝްހޫރު ކޮންސްޓެންސް ހަލަވެލި ފަދަ ބޮޑެތި ރިސޯޓުތަކުގައި ސޯލޯ މިއުޒިކް ކުޅެދެމުންދާ މުއްމު އާއްމުންގެ ތެރެއަށް ފުރަތަމަ ފެނިގެންދިޔައީ ހައިރައިޒްގެ ޝޯތަކުންނެވެ.
މޫޝަން މުބާރިކް (މުއްމު): ކުރިއަރަމުން އަންނަ ސޯލޯ އާޓިސްޓެއް-- ސަން ފޮޓޯ/ އިސްބާހު އިސްމާއިލް (އިސްބެ)
comment ކޮމެންޓް
ގުޅޭ ޚަބަރު