މ. އަތޮޅު މުބާރާތް: ގްރޫޕް 'ބީ' ގެ ފުރަތަމަ މެޗު މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ ކާމިޔާބު ކޮށްފި

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ މ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 'ބީ' ގެ ފުރަތަމަ މެޗު މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ އިން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ (އެމްއީޒެޑްޖޭ) މެޗު ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުން ނާލާފުށި ޔޫތު ޑިވަލޮޕްމަންޓް އެސޯސިއޭޝަން (އެންވައިޑީއޭ) ގެ މައްޗަށް ކުރި ހޯދައިގެނެވެ.

މި މެޗުގައި އެމްއީޒެޑްޖޭއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމްގެ އަލީ އަރީފް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައި ވަނީ އަރީފް އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މަޑުއްވަރީ ޒުވާނުންގެ ޖީލާއި މުލަކު އެކުވެރި ކްލަބެވެ. މިފަހަރު މ. އަތޮޅު މުބާރާތުގައި މުޅިއަކު މުޅިއަކު ހަ ރަށަކުން ނުވަ ޓީމެއް ބައިވެރިވެފައި ވެއެވެ. މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް އެފްއޭއެމުން ދެއްވާ ތަށީގެ އިތުރުން، މ. އަތޮޅު ކައުންސިލުން ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 15،000 ރުފިޔާ ދޭގޮތަށް ވަނީ ހަމަ ޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު