ޖަޕާނުގެ ކާގޯ ޖައްވީ އުޅަނދެއް ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ބަނދަރުކޮށްފި

ޓޯކިޔޯ : އިންސާނަކާނުލާ ދަތުރުކޮށްފައިދިޔަ ޖަޕާނުގެ ޖައްވީ އުޅަނދެއް ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނުގައި ބަނދަރުކޮށްފިއެވެ. މިއީ ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނުގައި ކާމިޔާބުކަމާއެކު ބަނދަރުކުރި ޖަޕާނުގެ ފުރަތަމަ ޖައްވީ އުޅަނދެވެ.

ޖަޕާނުގެ ޖައްވީ މިއުޅަނދަކީ ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނަށް ބޭނުންވާ ތަކެތި ހިފައިގެންދިޔަ ކާގޯ އުޅަނދެކެވެ. މިއުޅަނދު ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަންގައި ބަނދަރުކުރިއިރު އެސްޓޭޝަން ހުރީ ބިމުންފެށިގެން 350 ކިލޯމީޓަރު މަތީގައެވެ. އެޗް 2 ޓްރާންސްފަރ ވެހިކަލްގެ ނަމުން ނަންދެވިފައިވާ ޖަޕާނުގެ މިވެހިކަލްގައި 6 ޓަނުގެކާބޯތަކެއްޗާއި ބޯފެނާއި އަންނަވްނާއި ޢިލްމީ ތަކެއްޗާ އަދި އެކިބާވަތުގެ މެޝިނަރީއާއި ސްޕެއަރ ޕާޓްސް ހިމެނޭ ކަމަށް މި ދަތުރުގެ ކަންތައް ބެލެހެއްޓުމުގައި ޖަޕާނަށް އެހީތެރިވި ރަޝިޔާގެ ފަޟާއާބެހޭ އިދާރާއިން ބުނެއެވެ.

ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނުގައި މިހާރުވެސް ފަޒާގެ ސައެންސްވެރިންގެ 6 ފަޅުވެރިއަކު ޙަރަކާތްތެރިވަމުން ދެއެވެ. އެއީ ރަޝިޔާގެ 3 ކޮޒްމަނޯޓަކާއި އެމެރިކާގެ ދެމީހުންނާއި އިޓަލީގެ މީހެކެވެ. މިއުޅަނދު ބައިނަލްއަޤްވާމީ ސްޓޭޝަންގައި ބަނދަރުކުރީ ބިމުގައިވާ ޖަޕާނުގެ ފަޒާއާބެހޭ ބަނދަރަކުން ނައްޓާލިތާ 6 ދުވަހުންނެވެ. -- އަލްޢާލަމް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު