ނެގަޓިވް ރޯލަށް ކުޅަދާނަ ބޮލީވުޑްގެ އެކްޓަރު ސަދާޝިވް މަރުވެއްޖެ

ބޮލީ ވުޑް ފިލްމްތަކުގައި ނެގަޓިވް ރޯލްގެ ބައިން މަޝްހޫރުކަން ހޯދާފައިވާ ސަދާޝިވް އަމްރަޕޫރްކަރް މަރުވެއްޖެ އެވެ.

ސަންޖޭދަތު އާއި ޕޫޖާ ބަޓްގެ ސަދަކް އާއި އަޖޭ ދޭވްގަން އާއި ކާޖޮލްގެ އިޝްގް ފަދަ މަޝްހޫރު ފިލްމްތަކުގައި ނެގަޓިވް ރޯލްގެ ބައިން މޮޅު ހުނަރެއް ދައްކާފައިވާ ސަދާޝިވް މަރުވީ މުމްބާއީގެ ހޮސްޕިޓަލެއްގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ މަރުވި އިރު އުމުރަކީ 64 އަހަރެވެ.

ސަދާޝިވްގެ އަންހެން ދަރިފުޅު ރީމާ ސަދާޝިވްއާ ހަވާލާދީ ބޮލީވުޑްގެ ހަބަރުތަކު ގައި ބުނެފައިވަނީ އޭނާ މަރުވިއިރު އޭނާ އޮތީ ލައިފް ސަޕޯޓް މެޝިންގެ އެހީގައި ކަމަށެވެ.

ސަދާސިވް އަށް ވަނީ 1983 ވަނަ އަހަރު ފިލްމް ފެއާ އެވޯޑްގައި "އަރްދް ސަތްޔާ" އިން ބެސްޓް ސަޕޯޓިން އެކްޓާގެ އިނާމް ލިބިފަ އެވެ. އަދި އޭގެ ފަހުން 1991 ވަނަ އަހަރު ނުކުތް "ސަޅަކް" އިން އޭނާ ދައްކާފައިވާ ކުޅަދާނަ ހުނަރުގެ ސަބަބުން އޭނާ އަށް ވަނީ ނުބައިބައި ކުޅުމުން ބެސްޓް ޕާފޯމެންސް އެވޯޑް ލިބިފަ އެވެ.

ނެގަޓިވް ރޯލްގެ ބައިން އެންމެ ފުރަތަމަ އެވޯޑެއް ހާސިލް ކުރި މީހަކީ ވެސް ސަދާޝިވް އެވެ.

ބޮލީވުޑް ފިލްމްތަކުގެ ނެގަޓިވް ރޯލްގެ ބައިން ކުޅަދާނަ ހުނަރުތަކެއް ދެއްކުމަށް ފަހު 1990 ގެ އަހަރު ތަކުން ފެށިގެން އޭނާ ވަނީ ކޮމެޑީ ރޯލް ކުޅެން ފަށައިފަ އެވެ. އެގޮތުން އާކޭން އާންޓީ ނަމްބަރު ވަން ފަދަ ފިލްމްތައް ފާހަގަކޮށްލެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު