މ. މުލަކު ފިހާރައަކުން ވަގަށް ނެގި 20000ރ. ހޯދައި ދެ ކުއްޖަކު ހައްޔަރުކޮށްފި

މ. މުލަކު ފިހާރައަކުން ވަގަށް ނެގި 20000ރ. ހޯދައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން މިއަދު ބުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ރަށު ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ގެއްލިގެން ފުލުހުންނަށް އެންގި ކަމަށާއި ފުލުހުން ހޯދި ހޯދުމުން އެ ފައިސާތައް ފެނިފައި ވަނީ އެ ރަށު އަތިރިމަތީގައި ހަލާކުވެފައި އޮތް ދަގަނޑު ކޮންޓޭނާރެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައި މިއަދު ހެނދުނު ކަމަށެވެ.


އެ ފައިސާތައް ވަގަށް ނަގާފައި ވަނީ އެ ފިހާރައިގެ ކައުންޓަރުގެ ވަތްގަނޑުގައި ކުޑަ ދަބަހަކަށް ލާފައި ހުއްޓައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު