އޮޑިޓަރ ޖެނަރަލްގެ މައްސަލަ ގަވާއިދާ ހިލާފަށް އެޖެންޑާކޮށްގެން އިރުބާރުނެތް ކަމުގެ ވޯޓެއް ނެގުމުގެ ފުރުސަތު އެމްޑީޕީން ނުދޭނެ: ރީކޯ މޫސަ

10:00


ކޮރަޕްޝަންގެ އަމަލްތައް އޮޑިޓަރ ޖެނަރަލް ހިންގާފައިވޭތޯ ބެލުމަށްޓަކާ އިތުރު ވަގުތު ބޭނުންވާ ކަމަށާއި އަދި ގަވާއިދާ ހިލާފަށް މަޖިލީހުގެ ތަޅުމަށް އެ ފަދަ މައްސަލައެއް އެޖެންޑާކޮށް އިރުބާރުނެތް ކަމުގެ ވޯޓެއް ނެގުމުގެ ފުރުސަތު އެމްޑީޕީން ނުދޭނެ ކަމަށް އެ ފާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ ހުޅުހެންވޭރު ދާއިރާގެ މެންބަރ ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ކޮރަޕްޝަންގެ އަމަލްތައް އޮޑިޓަރ ޖެނަރަލް އިބްރާހިމް ނައީމް ހިންގާފައިވާ ކަމަށް ބުނެ، ވަކި ބައެއްގެ ނުފޫޒުން އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި އަދި އެ ކޮމެޓީން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނެސްފައި ވަނީ މަޖިލީހުގެ އިދާރީ އުސޫލްތަކާ ހިލާފަށް ކަމަށެވެ. އަދި އޮޑިޓަރ ޖެނަރަލް ކޮރަޕްޝަންގެ އަމަލްތަކެއް ހިންގާފައިވޭތޯ ބެލުމަށް ވަގުތު ބޭނުންވާ ކަމަށާއި އެ އުސޫލްތަކުގެ މަތިން އެ މައްސަލަ ބެލިގެން ނޫނީ، މަޖިލީހުގައި އިތުބާރުނެތް ކަމުގެ ވޯޓެއް ނުގެމުގެ ފުރުސަތު ނުދޭނެ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި އެ ވޯޓަށް ހުރަސް އެޅުމަކީ ކޮރަޕްޝަންގެ އަމަލްތައް ހިންގާ މީހުންނަށް ދޭ ހިމާޔަތެއް ނޫން ކަމަށާއި ބޭނުންވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ފުރުސަތުދިން މިންވަރަކުން އެ މައްސަލަތައް ބަލަން ފުރުސަތު ދިނުން ކަމަން މޫސަ ވިދާޅުވި އެވެ.


ރޭގެ އެޖަލްސާގައި މޫސަގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވިދާޅުވީ އެ މައްސަލައަކީ، އިތުރު އޮޑިޓް ރިޕޯޓް ތަކެއް ނެރެފާނެ ކަމަށްޓަކާ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެގެން، ރައްޔިތުންގެ މަޖިލީހުގެ އަމީން އާމަށް އެންގުމަކާ ނުލައި އިދާރި އުސޫލުތަކަށް ތަބާވުމެއް ނެތި، އިދިކޮޅު ފަރާތް ތަކުން ރާވާ ރޭވުމެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު