އެއްފަހަރާ ހަތަރު ކޮމްޕިއުޓަރަށް އިންޓަނެޓް ހިދުމަތް ދެވޭ ބޮތްކެއް އުފައްދައިފި

އިންފޮމޭޝަން ޓެކްނޮލޮޖީގެ ރަންޒަމާނެއް ކަމުގައިވާ މިޒަމާނުގައި އިންޓަނެޓް ވެފައި ވަނީ އަސާސީ އެއްޗަކަށެވެ. އިންޓަނެޓްގެ ހިދުމަތް ފަސޭހައިން ލިބިގަނެވޭނެ ގޮތްތައް ހޯދުމަށް ދުނިޔޭގެ މާހިރުން ކެނޑިނޭޅި ދަނީ މަސައްކަތްތައް ކުރަމުންނެވެ. ދިއްލާފައި އިންނަ އާދައިގެ ބޮތްކަކުން "ވައިފައި" ލިބޭނެ ގޮތް ހޯދި ޗައިނާގެ ސައިންސްވެރިން ވެސް ހިމެނެނީ އޭގެ ތެރޭގަ އެވެ. އެމީހުންގެ މިހޯދުމަކީ އިންޓަނެޓްގެ ހިދުމަތަށް އިންގިލާބެއް ގެންނާނެ ހޯދުމެކެވެ.

ޗައިނާގެ އެންމެ އާބާދީ ބޮޑު ރަށް ޝެންހާއީގެ ޔުނިވާސިޓީއެއް ކަމުގައިވާ ފުޑަން ޔުނިވާސިޓީގެ ސައިސްވެރިން އުފައްދާފައިވާ "ލައި-ފައި" ބޮކިން އެއްފަހަރާ ހަތަރު ކޮމްޕިއުޓަރަށް އިންޓަނެޓް ހިދުމަތްދެވެ އެވެ.

"ލައި-ފައި" ނަމުގައި ނެރެފައިވާ އެ ބޮކި މެދުވެރިކޮށް އާންމުކޮށް ޗައިނާގައި ދެވޭ އިންޓަނެޓް ސްޕީޑަށް ވުރެ އަވަހަށް ހިދުމަތް ދެވޭ ކަމަށް އެ ހިދުމަތް ބޭނުން ކޮށްފައިވާ ފަރާތްތަކުން ބުނެފައިވާއިރު މައިކްރޯޗިޕެއް އެކުލެވޭ އެ ބޮކިން ސިކުންތަކު 150 މެގަބައިޓްގެ ޑާޓާ އުފައްދާ ކަމަށް އެ ބޮކި އީޖާދުކުރި ސައިންސްވެރިން ބުނެފައިވެ އެވެ. އަދި މިއަންނަ މަހު ޝެންހާއީގައި ބާއްވާ "އިންޓަނޭޝަނަލް އިންޑަސްޓްރީ ފެއާ"ގައި ލައި-ފައި ބޮކީގެ 10 ސާމްޕަލްއެއް ދައްކާލާނެ އެވެ.

"ލައި-ފައި ބޮކިން ކޮންމެ ސިކުންތަކު 150 މެގަބައިޓްގެ ޑާޓާ އުފައްދާނެ. ބެލެވޭ ގޮތުން މިއީ އެވްރެޖްކޮށް މިގައުމުގައި ބޭނުންކުރެވޭ އިންޓަނެޓް އަށް ވުރެ ބާރު ސްޕީޑެއް،" ފުޑަން ޔުނިވާސިޓީގެ ސައިސްވެރިއަކު ބުނެފައިވެ އެވެ.

ޑެއިލީމެއިލްގައި ވާ ގޮތުން ފަސް ޕަސެންޓް އެނާޖީ ބޭނުންކުރާ ލައި-ފައި ބޮތްކަކީ ޗައިނާގެ ޓެކްނޮލޮޖީގެ ބާޒާރަށް ބަދަލުތަކެއް އަންނަ ވަގުތެއްގައި އެންމެ އެކަށީގެންވާ އުފެއްދުން ކަމަށް އެގައުމުގެ ޓެކްނޮލޮޖީ އެކްސްޕާޓުން ބުނެފައިވެ އެވެ.

އެހެންނަމަވެސް ދިއްލާފައިވާ ބޮތްކެއް ނިއްވައިލުމުން އަދިރިވާހެން ލައި-ފައި ބޮކި ވެސް ނިއްވައިލުމުން އިންޓަނެޓް ކަނެކްޝަން ގެއްލިގެންދާނެ ކަމަށް ޓެކްނޮލޮޖީ އެކްސްޕަޓުން ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު