އެޕަލްއިން އައިފޯން 5އެސް އަދި 5ސީ ދައްކާލައިފި

އެޕަލްގެ އައިފޯން ރޭންޖަށް އިތުރުވެގެންދާ އެންމެ ފަހުގެ ހޭންޑްސެޓް އައިފޯން 5އެސް ކެލިފޯނިއާގައި ދައްކާލައިފި އެވެ.

އައިފޯން 5އެސްގެ އެންމެ ފާހަގަކޮށްލެވޭ އާ ފީޗާއަކީ ބޭނުންކުރާ މީހާ ދެނެގަތުމަށް ހިމަނާފައިވާ ފިންގާޕްރިންޓް ސްކޭނާ އެވެ. މިސްކޭނާ ބޭނުންކުރުމުން ފޯނު އަންލޮކްކުރުމުގެ ބާރު ސީދާ ފޯނުގެ ވެރިފަރާތް ނޫން އެހެން މީހަކަށް ނުލިބޭނެ އެވެ. އެއީ ފޯނު އަންލޮކްކުރުމަށް 5އެސްގައި ބޭނުން ކުރާނީ ވެރިފަރާތުގެ އިނގިލީގެ ނިޝާން ކަމަށް ވުމުން ނެވެ.

http://www.sun.mv/albums/l_19879.jpg
މީގެ އިތުރުން އެޕަލްގެ އެޕްސްޓޯރުން އެޕްލިކޭޝަން ގަންނައިރު ވެސް، ކާކުކަން ދެނެގަތުމަށް ވެރިފަރާތުގެ އިނގިލީގެ ނިޝާން ބޭނުންކުރެވޭނެ ކަމަށް އެޕަލްއިން ބުނެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އައިފޯން 5އެސްގައި "ޓަޗް އައިޑީ" ހިމަނާފައި ވުމުން، މިފޯނަށް ވާދަވެރި އެންޑްރޮއިޑް ފޯނުތަކުގެ މައްޗަށް ކުރިއެރުމެއް ހޯދޭނެ އެވެ.

"ޓަޗް އައިޑީއަކީ މިހާރު ބޮޑުވެފައިވާ މައްސަލައަކަށް ލިބޭ ވަރަށް އިނޮވޭޓިވް ހައްލެއް. އެއީ މޯބައިލް ފޯނު ވަގަށް ނެގުމާއި އޭގައި ހުންނަ މައުލޫމާތު ވަގަށް ނެގުމުގެ މައްސަލަތަކަށް ލިއްބައިދޭ ހައްލެއް،" ޓެކް ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ ޖުނިޕާ ރިސާޗްއިން ބުނެ އެވެ.

http://www.sun.mv/albums/l_19880.jpg
ނަމަވެސް މިއީ ސްމާޓްފޯނެއްގައި ފިންގާޕްރިންޓް ސްކޭނަރެއް ބޭނުންކުރެވޭ ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން 2011 ވަނަ އަހަރު މޮޓޮރޮލާ އިން ވަނީ އެކުންފުނީގެ އެޓްރިކްސް ހޭންޑްސެޓުގައި ފިންގާޕްރިންޓް ސްކޭނަރެއް ހިމަނާފަ އެވެ. ނަމަވެސް މޮޓޮރޮލާގެ ފިންގާޕްރިންޓް ސްކޭނަރުގައި ގިނަ މައްސަލަތަކެއް ޖެހި ބޭނުންކުރަން އުދަނގޫކަމަށް ކަސްޓަމަރުން ބުނުމުން މޮޓޮރޮލާ އިން ވަނީ ފިންގާޕްރިންޓް ސްކޭނަރު ހިމެނުން ހުއްޓާލާފަ އެވެ.

ފައިވް އެސްގެ އެހެން ފީޗާތަކަށް ބަލާލަ އިރު، ފޯނުގައި ހިމަނާފައި ވަނީ އެޕަލްގެ އެންމެ ހަލުވި އަދި އެންމެ ފަހުގެ ޕްރޮސެސާ ކަމަށްވާ އޭ7 އެވެ. މީގެ އިތުރުން 5އެސްގައި ފިޓްނެސް އެޕްލިކޭޝަންތަކަށް ބޭނުންވާ ޑޭޓާ ހޯދުމަށް ބޭނުންކުރެވޭ ޒާތުގެ މޯޝަން ޗިޕެއް ވަނީ ހިމަނާފަ އެވެ. މިޗިޕުން މެދުކެނޑުމެއް ނެތި މޯޝަން މޮނިޓާކުރާނެ ކަމަށް އެޕަލްއިން ބުނެ އެވެ.

ކެމެރާއަށް ބަލާލާ އިރު ކެމެރާގެ މަސައްކަތް ހަލުވިކުރުމަށް ކުރީގެ ކެމެރާ ސެންސާތަކަށް ވުރެ 15 ޕަސަންޓް ބޮޑު ސެންސާއެއް ވަނީ ހިމަނާފަ އެވެ. މިއާއެކު އަލި މަޑު ތަންތާގައި ނަނގާ ފޮޓޯ ރީތިކުރުމަށް ދެ ލެޑް ލައިޓް ހުންނާނެ އެވެ. އެޕަލްއިން ބުނީ އަލި މަޑު މިނަށް ބަލާފައި އެއް ލެޑް ނޫނީ ދެ ލެޑް އެއްކޮށް ވެސް ފޮޓޯ ނަގާއިރު ބޭނުންކުރެވޭނެ ކަމަށެވެ.

http://www.sun.mv/albums/l_19882.jpg

އައިފޯން 5އެސްގެ އިތުރުން އެޕަލްއިން ވަނީ އައިފޯންގެ އަގުހެޔޮ ވާޝަނެއްގެ ގޮތުގައި އައިފޯން 5ސީއެއް ދައްކާލާފަ އެވެ.

5ސީ ފެނިގެން ދަނީ އައިފޯންގެ މިނީ ވާޝަނެއްގެ ގޮތުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު