އެޕަލް އިން ސްމާޓް އަތުކުރި ގަޑިއެއް އުފައްދަނީ

އައިވޮޗްގެ ނަމުގައި އެޕަލް ކުންފުނިން ސްމާޓް އަތުކުރި ގަޑިއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެޕަލްއިން އައިވޮޗް ފަރުމާ ކުރުމަށް ފަންނީ މާހިރުން ހޯދާފައިވާއިރު، މިއީ އެ ކުންފުނީގެ މޭސްތިރި ސްޓީވް ޖޮބްސް މަރުވި ފަހުން އެޕަލްއިން އުފައްދާ ފުރަތަމަ އައު އާލާތެވެ. އެޕަލް ކުންފުނިން މިފަދަ އާލާތެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދާއިރު ވާދަވެރި، ސެމްސަގް، ޑެލް އަދި ގޫގުލް އިން ވެސް ދަނީ އެފަދަ ގަޑި އެއް އުފެއްދުގެ ޝައުގުވެރިކަން ފާހަގަ ކުރަމުންނެވެ. ހަމައެއާއެކު އެންމެ ފަހުން ތައާރަފްކުރި އެފަދަ ޑިވައިސް އެއް ކަމަށްވާ "ޕެބްލް" ވެސް ވަނީ މާކެޓް ގައި ރަނގަޅަށް ހިނގައިފަ އެވެ.

އެޕަލް ކުންފުނީގެ ފަރާތުން ރަސްމީކޮށް ވަކި އެއްޗެއް އަންގައިފައި ނުވިޔަސް ބައެއް މީޑިއާތަކުން ބުނަނީ އެޕަލުން ވަނީ 50 ވުރެ ގިނަ ގިނަ މުއައްޒަފުން އައިވޮޗް އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ކަމަށެވެ.

އައިވޮޗް ބާޒާރަށް އަންނާނެ ވަކި ދުވަހެއް އެނގިފައި ނުވިޔަސް އެޕަލް ކުންފުނީގެ ސީއޯ ޓިމް ކޫކް ވިދާޅުވެފައިވަނީ 2014 ވަނަ އަހަރުގެ ފަހު ކޮޅުގައި އެ ކުންފުނީގެ އައު އާލާތެއް ނެރޭނޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު