އައްޑު އަތޮޅު ހިތަދޫ ފިހާރައަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ ހޯދައި، ދެ ބިދޭސީއަކު ހައްޔަރު ކޮށްފި

އައްޑު އަތޮޅު ހިތަދޫ ފިހާރައެއް ފަޅައިލައިގެން ވަގަށް ނަގާފައިވާ ފައިސާތަކެއް ފުލުހުން ހޯދައި، އެ ފިހާރައިގައި މަސައްކަތްކުރާ ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.


ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މި މަހުގެ ހަވަނަ ވަނަ ދުވަހު ހިތަދޫ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.  އެ ރިޕޯޓާ ގުޅިގެން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފައިސާތައް ރޭ ހޯދައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ޝިޔާމް ވިދާޅުވީ ވގަށް ނަގާފައިވާ ފައިސާތައް ފުލުހުން ހޯދާފައި ވަނީ ފިހާރަ ކައިރީގައި ހުންނަ ގުދަނެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައި ރޭ 8:00 ޖެހި އިރު ކަމަށެވެ.


ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި ފައިސާތައް ވަގަށް ނަގާފައިވަނީ ފިހާރައިގެ ކައުންޓަރުގެ ވަތްގަނޑުގައި ބަހައްޓާފައި ހުއްޓާ ކަމަށާއި ފައިސާތައް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ފިހާރައިގައި މަސައްކަތްކުރާ ބަނގުލަދޭޝްގެ ދެ މީހުން ކަމަށެވެ.


މި ފައިސާތައް ފުލުހުން ހޯދާފައި ވަނީ ވެސް އެ ދެ މީހުންގެ ފަރާތުން ލިބުނު މަޢުލޫމާތުގަ އެހީގަ އެވެ.


ފައިސާތައް ވަގަށް ނަގަފައި ވަނީ ހިތަދޫ ކޮން ފިހާރައަކުން ކަމެއް ފުލުހުން ނުބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު