ދެވަނަ ފަހަރަށް ވިސްނާލާށެވެ.

އެންމެ ފަހުން ބޭއްވި އިދާރީ ދާއިރާތައް އެއްކޮށް ލުމުގެ ހިޔާލު ހޯދުމުގެ ވޯޓުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ އާއި ސަރުކާރުން ވެސް ދައުވާ ކުރީ، އެ ވޯޓުގެ ނަތީޖާ ނުކުތީ އެ ދެ ފަރާތަށް ވެސް ފަހިވާ ގޮތަށް ކަމަށެވެ. އެއް ހައިސިއްޔަތަކުން އެ ދެ ފަރާތުގެ ދައުވާ އަކީ ވެސް ރަނގަޅު ދައުވާއެއް ކަމަށް ބެލެވިދާނެ އެކެވެ.


އިދާރީ ގޮތުން ރަށްތައް އެއްކޮށްލުމަށް ރައްޔިތުން އެއްބަސް ނުވުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ގޮތަށް، އެއްފަސް ކުރުމަށް ތާއީދު ނެތް ކަމަށް ބުނުމުގެ ޖާގަ އޮތްކަމެކެވެ. ވައުދާ ހިލާފަށް ދެ އަހަރުގެ ތެރޭގައި ކިތަންމެ "އުސް ވެލިފުނިތަކެއް" ޖެއްސަސް، އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ އެއްފަސް ނުކުރާ ވާހަކަ އެވެ. ހަމަ އެއާ އެކު ޑީއާރުޕީގެ ދައުވާ ވެސް ރަނގަޅެވެ. އިދާރީ ގޮތުން ރަށްތައް އެއްކޮށްލުމުގެ ހިޔާލު ފެންމަތިކޮށް، 11 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިޔާލު ހޯދުމުގެ ވޯޓެއް ނެގީ އިދާރީގޮތުން ރަށްތައް އެއްކޮށްލުމަށް ސަރުކާރުން ބޭނުންވެގެންނެވެ. އަދި އެކަމަށް ރައްޔިތުންގެ ތާއީދު ނެތުމަކީ ސަރުކާރުގެ ސިޔާސަތަށް ރައްޔިތުންގެ ތާއީދު ނެތްކަމަށް ބެލެވިދާނެ ކަމެކެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި އެ ދެ ޕާޓީން ވެސް އެ ދައްކަނީ ރައްޔިތުން އެކަމުގައި ދުށްގޮތެއް ނޫނެވެ. އެ ވޯޓުން ދެއްކި ނަތީޖާ އަކީ އެއް ރަށާއި އަނެއް ރަށާއި އެއް އަތޮޅާއި އަނެއް އަތޮޅާ ދެމެދު އޮތް "އެތެރޭގެ ޕޮލިޓިކްސް" އެއްގެ ނަތީޖާ އެވެ. ހދ. އަތ%D

ގުޅޭ ޓެގު
comment ކޮމެންޓް