ސެމްސަންގް އެސް3 ގޮވުމުގެ ސަބަބުން އަނިޔާވެއްޖެ

މަޝްހޫރު ފޯނު އުފައްދާ ކުންފުނިން ސެމްސަންގުގެ ގެލެކްސީ އެސް3 ފޯނެއް ޖީބަށް ގޮވުމުގެ ސަބަބުން މީހަކަށް އަނިޔާވެއްޖެ އެވެ.

ސުވިޒަލެންޑުގެ ފެނީ ޝްލެޓާ ބުނީ އޭނާގެ ޖީބުގައި ފޯނު އޮއްވާ ގޮވުމުގެ ސަބަބުން ފަލަމަސްގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށެވެ.

ފަރަންސޭސިވިލާތުގެ ނޫހެއް ކަމަށްވާ ލެ މެޓިންއިން ބުނީ ފެނީ ޝްލެޓިންގެ ފޯނު ގޮވާފައި ވަނީ ކުލަލުމުގެ މަސައްކަތެއް ކުރަމުންދަނިކޮށް ކަމަށެވެ.

ފެނީ ބުނީ ބާރު އަޑެއް އިވުމުން ބަލާލި އިރު އަނދާ ވަސް ދުވާ ކަމަށާއި އޭގެ ފަހުން ފެނުނީ ލައިގެން ހުރި ޖިންސުގައި ރޯވެފައިވާ ތަން ކަމަށެވެ. އަލިފާންގަނޑު ރޯވެއް ޖިންސުގެ ބޮޑު ބައެއް އެނދިފަހުން އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ފާހަނަ އަށް ވައްދައިގެން ފެނީ ގަޔަށް ފެން އެޅުމުން ނެވެ.

ފެނީ ބުނީ މިމައްސަލާގައި ސެމްސަންގާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބެލެވޭ ގޮތުގައި ފެނީގެ އެސް3 ގޮވާފައި ވަނީ އޭގެ ބެޓްރި ހޫނުވެގެން ދިއުމުގެ ސަބަބުން ބެޓްރި ގޮވުމުގެ ސަބަބުން ނެވެ.

ސެމްސަންގުން ބުނީ މި މައްސަލަ ހިނގަން މެދުވެރިވި ސީދާ ސަބަބު ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"ގޮވި ކަމަށް ބުނާ ފޯނު ލިބުމާ އެކު މިމައްސަލައިގެ ތަހުގީގު ފަށާނަން. ފޯނު ގޮވަން މެދުވެރިވި ސަބަބުން ހޯދަން ބޭނުން،" ސެމްސަންގުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު