ވިލިމާލޭގެ ރުއްތައް ކުއްޔަށް ދެނީ

ވިލިމާލޭގައި ހުރި 400 އަށް ވުރެ ގިނަ ރުއް ކުއްޔަށްދޭން ނިންމައި ރުއްތައް ބީލަމަށް ހުޅުވާލައިފި އެވެ.


މާލޭ މުނިސިޕަލްޓީން ކޮށްފައިވާ އިއުލާނެއްގައި ބުނަނީ ވިލިމާލޭގައި ހުރި 452 ރުއް ކުށްޔަށް ދެނީ ފަސް އަހަރަށް ކަމަށެވެ. އަދި ބުނެފައި ވަނީ މީގެ ކުރިން ވެސް ވިލިމާލޭގެ ރުއްތައް ކުށްޔަށްދޭން މުނިސިޕަލްޓީން ބޭނުން ވެގެން އިއުލާނު ކޮށްފައިވާނެ ކަމަށާއި އެ ފަހަރު އެކަމަށް މާ ބޮޑު ޝައުގުވެރި ކަމެއް ފާޅުކޮށްފައި ނުވާ ކަމަށެވެ.


ވިލިމާލޭގެ ރުއްތަކުގެ ބީލަމަށްލާފައި ވަނީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާއިރު 2000ރ. ގެ ބިޑް ސެކިއުރިޓީ ބަހައްޓަން ޖެހޭ ގޮތަށެވެ.


‹ރުއްތަކުގެ ބީލަމަށްލާފައި ވަނީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުން 2000ރ. ގެ ބިޑް ސެކިއުރިޓީ ބަހައްޓަންޖެހޭ ގޮތަށް›


ވިލިމާލޭ ރުއްތައް ކުއްޔަށް ހިފާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހެނީ މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހާ ހަމައަށެވެ. މުސިޕަލްޓީން ބުނީ މާލޭގެ އެ އަވަށުގެ ރުއްތައް ކުއްޔަށް ހިފަން ހުށަހަޅާ ބީލަންތައް ކެނޑުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު