ފުލުހުންގެ އިންޒާރު: މަނާ ސަރަހައްދުތަކުގަޔާއި މަނާ ގަޑިތަކުގައި އެއްވާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

އެއްވުން މަނާ ސަރަހައްދުތަކަށާއި މަނާ ގަޑިތަކުގައި އެކަން ކުރާ ފަރާތްތަކުގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އަމަން އަމާންކަން ގެއްލޭ ގޮތަށް ޢަމަލުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފި އެވެ.


އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އެއްވެ، ޚިޔާލު ފާޅުކުރާ ފަރާތްތަކުން އެއްވެ އުޅުމަށް ކަނޑައެޅިފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރުމަށް އިލްތިމާސްކޮށް ފުލުހުން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެއްވުން މަނާ ސަރަހައްދުތަކަށް އެއްވާ ފަރާތްތަކާއި، އެއްވުން މަނާ ގަޑިތަކުގައި އެކަން ކުރާ ފަރާތްތަކުގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އަމަން އަމާންކަން ގެއްލޭ ގޮތަށް ޢަމަލުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން އެންމެހާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށެވެ.


އެއްވުން މަނާ ސަރަހައްދުތަކަކީ ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކާއި ރައްޔިތުންގެ މަޖިލީސް ކުރާ ގެކައިރީގަޔާއި ކޯޓްތައް ކައިރި އެވެ. އޭގެ އިތުރުން ހޮސްޕިޓަލް ފަދަ ތަންތަން ކައިރީގައި ވެސް އެއްވުން މަނަލެވެ.


އެއްވުން މަނާ ގަޑިތަކަކީ ރޭގަނޑު 10 އިން ފެށިގެން ހެނދުނާ ދޭތެރެ އެވެ.


ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ އާއްމު ރައްޔިތުންނަށާއި ތަފާތު އެކި ވިޔަފާރިކުރާ ފަރާތްތަކަށް އުނދަގުލާއި ގެއްލުން ނުވާނެހެން އެއްވެ، ޚިޔާލު ފާޅުކުރާ ފަރާތްތަކުގެ ޢަމަލުތައް ބެހެއްޓުމަށާއި، އެއްވުން ކަނޑައެޅިގެން މަނާކޮށްފައިވާ ސަރަޙައްދުތަކުގަޔާއި އެއްވުން މަނާކޮށްފައިވާ ވަގުތުތަކުގައި އެއްވެސް ފަރާތަކުން އެކަން ނުކުރުމަށެވެ. އަދި ސިޔާސީ އެއްވެސް ފަރާތަކުން އެކަމަށް ހިތްވަރު ނުދިނުމަށް ވެސް ފުލުހުން ވަނީ، އެ ބަޔާނުގައި އިލްތިމާސް ކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު