Sun Online

ޝާހިދު މިއަދު އެމްޑީޕީ އަށް ސޮއިކުރައްވައިފި

މަރިޔަމް ރާނިޔާ
ލިޔުނީމަރިޔަމް ރާނިޔާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންފި ކަމުގައި އޭނާ ރަސްމީކޮށް ސަން އަށް ވިދާޅުވެއްޖެ އެވެ.

ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގެންފިންތޯ ދެންނެވުމުން އެސްއެމްއެސް މެދުވެރިކޮށް ޝާހިދު ސަން އަށް ވިދާޅުވީ "ތެދެއް މިއަދު އަހަރެން ގުޅިއްޖެއިން" ކަމަށެވެ.

އަބްދުﷲ ޝާހިދު އޭނާގެ ރަސްމީ ޓުއިޓާ އެކައުންޓްގައި ވިދާޅުވެފައި ވަނީ އޭނާ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

"ދެހާސް އަށް ވަނަ އަހަރު އުފެެއްދި ޑިމޮކްރަސީ އަހަރެން ގަބޫލުކުރަން؛ އެކްސްޓްރީމިސްޓުންނާއި އޮޮޕްޗިނިސްޓުން އަހަރެމެންގެ ގައުމު ފަހަތަށް ދަމާއިރު ބަލަހައްޓައިގެންނެއް ނުހުރެވޭނެ،" ޝާހިދު ޓުއިޓާާގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވާރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މިއަދު ސަން އަށް ވިދާޅުވީ އަބްދުﷲ ޝާހިދު އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށާއި އޭނާގެ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާނެ ކަމަށެވެ.

ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ރަސްމީކޮށް އެމްޑީޕީން ހާމަކުރުމަށް ހަމަޖައްސާފައި ވަނީ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން "އާބާރެއް" މި ނަމުގައި ބާއްވާ އެ ޕާޓީގެ ހާއްސަ ޖަލްސާއެއްގަ އެވެ.

infinity loading...
×
DB released 01.