ފަލަސްޠީނުގެ މިނިސްޓަރު ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ފަލަސްޠީނުގެ މިނިސްޓަރު އޮފް ވަޤްފު އެންޑް ރިލިޖަސް އެފެއާޒް ޑރ. މަޙްމޫދު އަލް ޙައްބާޝް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހި ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއާއި ޢަރަބި ޤައުމުތަކާ ދެމެދު ގުޅުން ބަދަހިކުރެއްވުމަކީ، ވަރަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި ދިވެހި ސަރުކާރުން އަބަދު ވެސް ފަލަސްޠީނަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.
ޑރ. މަޙްމޫދު އަލް ޙައްބާޝްގެ ވާހަކަފުޅުގައި، ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު