ސަހަރާގައި އުޅޭ މަޑިއެއް ދިރާސާ ކޮށްގެން ފެން ހޯދުމުގެ އާ ގޮތެއް

ސަހަރާ ފަދަ ފެން ލިބުން ދަތި ތަންތަނުގައި ޖައްވުގެ ތެތްކަން ބޭނުން ކޮށްގެން ފެން ހޯދުމަށް ޓަކައި ސަހަރާގައި އުޅޭ މަޑިއެއް ދިރާސާ ކުރުމަށް ފަހު، އެ މައުލޫމާތުގެ އެހީގައި އަމިއްލައަށް ފެން އުފައްދާ ފުޅިއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމެރިކާގެ އެންބީޑީ ނެނޯ އިން ހާމަ ކޮށްފިއެވެ.

އެފްރިކާގެ ސަހަރާގައި އުޅޭ މި މަޑި ޖައްވުގެ ތެރެއިން ފެން ހޯދާ ގޮތް ދިރާސާ ކޮށްގެން އުފައްދާ ފެންފުޅިއަށް ގަޑިއެއްގެ ތެރޭގައި ތިން ލީޓަރު ފެން އުފެއްދޭނެ ކަމަށް އެން.ބީ.ޑީ ނެނޯއިން ބުނެއެވެ. ސަހަރާގައި އުޅޭ މި މަޑީގެ ބުރަކަށީގައި ޖައްވުގެ ތެރޭގައި ހުންނަ ތެތް އާވި ޖެހުމުން، އެ އާވި ފިނިކޮށް ފެނަށް ބަދަލު ކޮށްލައެވެ. އަދި ބުރަކަށީން އޮހޮރިގެން އަންނަ ފެން، އޭތި ބުއިމަށް ބޭނުންކުރެއެވެ.

ޖަނަވާރުތަކާއި މާހައުލުގައިވާ ދިރުންހުރި ތަކެތީގައި ހުންނަ ހާއްސަ ސިފަތައް ދިރާސާ ކޮށްގެން ތަކެތި އުފެއްދުމަކީ ވަރަށް ކުރީއްސުރެ ވެސް ސައިންސްވެރީން ކުރަމުން އަންނަ ކަމެކެވެ. މި ގޮތުން ތަކެތި އުފެއްދުމަށް ކިޔަނީ ބަޔޯމިމިކްރީއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު