އެޕަލްގެ އައިޕެޑް މިނީއަށް ތައުރީފު އޮހެނީ

އެޕަލް އައިޕެޑް މިނީ ނެރުނުތާ އަދި ގިނަ ދުވަހެއް ނުވި ނަމަވެސް އެއަށް ދަނީ ތައުރީފުގެ ބަސްތައް އޮހެމުންނެވެ. އެޕަލް އައިޕެޑް މިނީއަކީ އޭގެ އަމިއްލަ އައިޑެންޓިޓީއެއް ގާއިމުކުރާނެ އުފެއްދުމެއް ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އައިޕެޑް މިނީ ގެންގުޅޭތާ ހަފްތާއެއް ވެފައިވާ މީހަކު ބުނި ގޮތުގައި، އައިޕެޑް މިނީ ކިތަންމެ ކުޑަޔަސް އޭގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.

އެންމެ ފުރަތަ އެޕަލްގެ އައިޕެޑް ތައާރަފު ކުރުމުން ބައެއް މީހުންގެ މަލާމާތުގެ ބަސްތައް އެއަށް އަމާޒުވި އެވެ. އެއީ ބޮޑު އަދި ފަލަ ޓަޗް އައިޕޮޑެއް ކަމަށް ބައެއް މީހުން ސިފަ ކުރި އެވެ. އެއީ އޭރު ވަރަށް ތަފާތު އެއްޗެކެވެ. ފަހުން އައިޕެޑް ވެގެން ދިޔައީ ޓެބްލެޓް ކޮންޕިއުޓަރުގެ ސްޓޭންޑަޑަށެވެ. އަދި މުޅި ތާރީޚުގައި ވެސް އެންމެ ހަލުވިކޮށް ވިކެމުން ދިޔަ ކޮންސިއުމާ އިލެކްޓްރޯނިކް ޑިވައިސްއަށެވެ.

މި ގޮތުން އައިޕެޑް މިނީއަށް ބަލާއިރު، އައިޕެޑް މިނީއަކީ ހަމަ ކުޑަ އައިޕެޑެކެވެ. އައިޕެޑަށް ވުރެ އައިޕެޑް މިނީ އިންޓަނެޓާ ރައްޓެހިކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި ހަމަ އެހެންމެ ގެންގުޅޭން ފަސޭހަވުމާއި، އަގުހެޔޮ ކަމަކީ ވެސް އައިޕެޑް މިނީގެ މަގުބޫލުކަން އިތުރުވެގެންދާނެ ސަބަބެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު