އައިފޯނާއި އައިޕެޑަށް ހާއްސަކޮށްގެން އޮޕެރާ މިނީ ނެރެފި

އޮޕެރާއިން އެޕަލް އައިފޯނާއި އައިޕެޑަށް ހާއްސަކޮށްގެން އޮޕެރާ މިނީގެ ނަމުގައި އިންޓަނެޓް ބްރައުޒާއެއް ތައާރަފުކޮށް ނެރެފިއެވެ. އޮޕެރާގެ ފަރާތުން މި ނެރުނު ބްރައުޒާއަކީ ވަރަށް ގިނަ ގޮތް ގޮތުން ފަސޭހަ އަދި މައްސަލަ ކުޑަ ބްރައުޒާއެއް ކަމަށް ޚަބަރު ލިބެއެވެ. އަދި މި ބްރައުޒާއިން ވަނީ ފޭސްބުކާ ރައްޓެހި ފީޗަރތައް ވެސް ހިމަނައިފައެވެ.

އޮޕެރާއިން ބުނާ ގޮތުގައި އޮޕެރާގެ ކުރީގެ ވާޝަންތަކުގައި ޔޫޓިއުބް ވީޑިޔޯ ބެލުމުގައި އަދި އީމެއިލް ކުރުމާއި އިމޭޖް ސޭވް ކުރުމުގައި ދިމާވި މައްސަލަތައް ރަނގަޅު ކުރާން ވަރަށް ބޮޑަށް ވަނީ މަސައްކަތް ކުރެވިފައެވެ. އެހެންކަމުން މި ފަދަ މައްސަލަތައް އޮޕެރާ މިނީގައި ކުޑަވާނެ ކަމަށް އޮޕެރާއިން ބުނެއެވެ.

އޮޕެރާގެ މި އައު ބްރައުޒާއާ އެކު އަނެއްކާ ވެސް އޮޕެރާގެ ނަން އިންޓަނެޓް ބްރައުޒް ކުރުމުގައި ބޭނުން ކުރެވޭ އެންމެ މަގުބޫލު ބްރައުޒާތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް އޮޕެރާއިން އުއްމީދު ކުރެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު