ރަސޫލާއަށް ފުރައްސާރަކުރާ ފިލްމުގެ ޕްރޮޑިއުސަރު މަރާލި މީހަކަށް އެއްލައްކަ ޑޮލަރު

ކީރިތި ރަސޫލާއާ އިދިކޮޅު ފިލްމުގެ ޕްރޮޑިއުސަރު މަރާލިމީހަކަށް އިނާމް ހުށަހެޅި ޕާކިސްތާނުގެ ވަޒީރު ޣުލާމް އަޙްމަދު
އިސްލާމް އާބާދު (ސެޕްޓެމްބަރ 23) : ކީރިތި ރަސޫލާއަށް އިހާނާތާއި ފުރައްސާރަކޮށް އިސްލާމީ ޢަޤީދާއަކީ ނައްތާލަންޖެހޭ އެއްޗެއް ކަމަށް ސިފަކޮށް އެމެރިކާގައި ކުޅެފައިވާ ފިލްމުގެ ޕްރޮޑިއުސަރު މަރާލިމީހަކަށް ޕާކިސްތާނުގެ ވަޒީރަކު އެއްލައްކަ އެމެރިކާ ޑޮލަރުގެ އިނާމެއް ހުށަހަޅައިފިއެވެ.

ޕާކިސްތާނުގެ ކެބިނެޓްގެ ވަޒީރެއް ކަމަށްވާ ޣުލާމް އަޙްމަދު ބައިލޫރު ވިދާޅުވީ ކީރިތި ރަސޫލާއަށް އިހާނާތާއި ފުރައްސާރަކޮށް އިސްލާމީ ޢަޤީދާއަށް ޖެއްސުންކޮށް ކުޅެފައިވާ ފިލްމުގެ ޕްރޮޑިއުސަރު މަރާލިމީހަކަށް އަމިއްލަ ޖީބުން އެއްލައްކަ ޑޮލަރު ދެއްވާނެ ކަމަށާ މިކަން އިއްލާންކުރަނީ ވަރަށް ކެރިހުންނަވައިގެން ކަމުގައެވެ. ޕާކިސްތާނުގެ ޕިޝާވަރުގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެޤައުމުގެ ރޭލްވޭއާބެހޭ ވަޒީރު ޣުލާމް ވިދާޅުވީ ހެއްދެވި ފަރާތްފިޔަވައި އެހެން ފަރާތެއްދެކެ އޭނާ ބިރު ނުގަންނަ ކަމަށާއި އިސްލާމް ދީނާއި ކީރިތި ރަސޫލާގެ ދިފާޢުގައި ޝަހީދުވާން ތައްޔާރަށް ހުންނެވި ކަމުގައެވެ.

ޣުލާމް ވިދާޅުވީ މިފިލްމާ ދެކޮޅަށް ކުރެވޭނެ އެންމެ ފައިދާހުރި ކަމަކީ ފިލްމު އުފެއްދި މީހުންނާއި ފިލްމު ކުޅުނު މީހުންނާއި އެކަމުގައި ވާގިވެރިވި އެންމެންގެ ހިތްތަކުގައި ބިރުވެރިކަންއުފައްދައި އެމީހުންގެ ފުރާނަ ސަލާމަތްނުވާނެކަން އެމީހުންނަށް އެންގުމެވެ. ފިލްމުގެ ޕްރޮޑިއުސަރުގެ އިތުރުން ފިލްމު ކުޅުނު މީހުންނާއި އެކަމުގައި ވާގިވެރިވި އެންމެންނަށް މަރުގެ އިންޒާރު ދިނުމަށް މުސްލިމުންނަށް އޭނާ ގޮވާލެއްވިއެވެ. އަދި މިމީހުން މަރާފަރާތްތަކަށް އިނާމްތައް ހުށަހެޅުމަށް މުސްލިމް ވިޔަފާރިވެރިންނަށް ޕާކިސްތާނުގެ ވަޒީރު ގޮވާލެއްވިއެވެ. -- އަލްޖަޒީރާ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު