ސެމްސަންގެ ނޫސްބަޔާނަށް ފަނޑިޔާރުގެ ނުރުހުން

ދެކުނު ކޮރެއާގެ ފޯނު ކުންފުނި ސެމްސަން އާއި އެޕަލްއާ ދެމެދު ޖެހިގެން އުޅޭ މައްސަލައިގެ ސަރިޔަތް ކުރިޔަށް ހިނގަމުން ދަނިކޮށް ސެމްސަން ކުންފުނިން ނެރުނު ނޫސްބަޔާނަށް ފަނޑިޔާރުގެ ނުރުހުން އަމާޒު ވެއްޖެއެވެ.

ފަނޑިޔާރު ލޫސީ ކޯ ވިދާޅުވީ "ސަރިޔަތް ހިނގަމުން ދާ އިރު، އެފަދަ ބަޔާނެއް ނެރުމަކީ ރަނގަޅު ނިޔަތެއް އޮވެގެން ކުރި ކަމެއް ކަމަކަށް ނުބެލޭނެ. އޭގެ ބޭނުމަކީ ޖޫރީންނަށް ނުފޫޒު ފޯރުވުން ކަމަށް ބެލެވޭ." ކަމަށެވެ.

މައްސަލަ ސަރިޔަތަށް ހުށަހަޅައިފައި ވާ އެޕަލް ކުންފުނިން ބުނާ ގޮތުގައި ސެމްސަން ކުންފުނިން ނެރެފައި ވާ ޓެބްލެޓަކީ އެޕަލްގެ އަމިއްލަ ފަރުމާއަކަށް، އެޕަލްގެ ހުއްދަ ނުހޯދައި ހަދައިފައި ވާ އެއްޗެކެވެ. ސެމްސަންގެ އެންޑްރޮއިޑް ގެލެކްސީ ޓެބްލެޓާއި އެޕަލްގެ އައިޕެޑާ ވަރަށް ވައްތަރެވެ. މަސައްކަތް ކުރާ ގޮތާއި ހާއްސިއްޔަތުތައް ވެސް ވަރަށް އެއް ގޮތެވެ. އެންމެ ފާހަގަ ކުރެވޭ ތަފާތަކީ ކުޑަބޮޑުމިނެވެ.

ސެމްސަން ކުންފުނީގެ ނޫސްބަޔާނުގައި ވަނީ އެޕަލް ކުންފުންޏަށް ވުރެ ކުރިން އެމީހުންގެ އުފެއްދުން ނެރެފައި ވާ ކަން ސާބިތު ވާނޭ ފަދަ ވާހަކަތައް ކަމަށް ޚަބަރު ލިބެއެވެ. އަދި ފަހުން އެ ފަރުމާތަކާ އެއް ގޮތަށް އެޕަލްގެ އުފެއްދުންތައް ނުކުމެފައި ވާތީ ފަރުމާގެ މިލްކުވެރިކަމުގެ (ޑިޒައިން ޕޭޓެންސީގެ) ވާހަކަ ދެއްކުމުގެ ހައްގެއް އެޕަލްއަށް ލިބިގެން ނުވާ ކަމަށް ދައްކައިދޭން އެ ބަޔާނުގައި މަސައްކަތް ކޮށްފައި ވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

އެޕަލް ކުންފުންޏާއި ސެމްސަންގ ކުންފުންޏަކީ ސްމަރޓް ޓެކްނޮލޮޖީގައި އެންމެ ކުރީގައި އުޅޭ ދެ ކުންފުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު