މަސްދަޅު ކޭސް ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

މާލެ ސަރަހައްދުގައި މަސް ދަޅު ބެހުން: މިހާރު އޮންލައިންކޮށް ޓޯކަން ނެގޭ -- ސަން ފޮޓޯ: މޫސާ ނަދީމް

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ދުވާލު ހޫނުގަދަ ކަމަށް ފެންނާތީ މަސްދަޅު ކޭސް ބެހުން ކުރިޔަށް ގެންދަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.

މަސްދަޅު ކޭސް ބަހަން ފެށުމާއެކު ގިނަ އިރުވަންދެން ސަފުގައި ތިބެން ޖެހުމުން، މަސްދަޅު ކޭސް ބެހުމުގެ ކަންކަން ދޯދިޔާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން، އޮންލައިންކޮށް ޓޯކަން ނަގައިގެން މަސްދަޅު ކޭސް ބަލައި އަންނަންޖެހޭ ގޮތަށް ސަރުކާރުންވަނީ ހަމަޖައްސައިފައެވެ.

އެއާއެކު މިހާރުވަނީ މަސްދަޅު ކޭސް ބަހާ ވަގުތަތަކަށް ބަދަލު ގެެނެސްފައެވެ.

މަސްދަޅު ކޭސް ބަހާ ގަޑިތައް

  • 28 ފެބްރުއަރީ: 21:30 - 23:30
  • ދޭއް މާރިޗުން ފެށިގެން 10 މާރިޗަށް: 21:30 - 23:30

މާޗު މަހުގެ އެއްވަނަ ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށްވުމާއެކު އެ ދުވަހު މަސްދަޅު ކޭސް ނުބަހާގޮތަށް ވަނީ ނިންމައިފައެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ. އަދި 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ވެސް ސަރުކާރުން މިދިޔަ ރޯދަމަހާ ދިމާކޮށް ވަނީ ހިލޭ ފޯރުކޮށްދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް