ބަކާގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށްފަހު

ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) --- ފޮޓޯ/ ބަކާ ފޭސްބްކް ޕޭޖް

މިއަދު ނިޔާވި ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު ބާއްވަން ނިންމައިފިއެވެ.

އޭނާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

އުމުރުން 38 އަހަރުގެ ބަކާ ނިޔާވީ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

https://sun.mv/193574

ސައުދީ ރަސްގެފާނުގެ ދައުވަތުފުޅަށް މިފަހަރު ހައްޖަށް ދިޔަ، ބަކާ ރާއްޖެ އައިތާ އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެންނެވެ. އެ މައްސަލަ ދިމާވީ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ބެލެވޭއިރު، ހައްޖުން އައިއިރު ވެސް ބަކާ ހުރީ ބަލިކޮށް ކަމަށް އެނގިފައިވެއެވެ.

https://sun.mv/193574

ބަކާ ނިޔާވުމާ ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ބަކާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

ރައީސް ވިދާޅުވީ ޤައުމަށް ފަޚްރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

comment ކޮމެންޓް