ރޮނާލްޑޯއާއެކު ސެލްފީ ނެގި ކުޑަކުއްޖާއަށް ޔުއެފާއިން ފިޔަވަޅު އަޅައިފި

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ސެލްފީ ނެގުމަށް ދަނޑުމައްޗަށް އެރި ކުޑަކުއްޖާ ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑުކުރަން ޔުއެފާއިން ނިންމައިފިއެވެ.

މި މެޗަކީ ތުރުކީ އަތުން 3-0 ން ޕޯޗްގަލް މޮޅުވި މެޗެވެ. އެ ކުޑަކުއްޖާ ދަނޑުމައްޗަށް އަރާފައިވަނީ މެޗު ނިމުނު ވަގުތުގައެވެ. އެ ވަގުތު ރޮނާލްޑޯ ހުރީ ދަނޑުގެ މެދުގައެވެ. އެ ކުޑަކުއްޖާ ވަނީ މޮބައިލް ފޯނުން ސެލްފީ ނަގާފައެވެ. އެ ސެލްފީ ވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ. އަދި އާންމުންގެ ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ.

ރޮނާލްޑޯ ވަނީ އެ ސެލްފީގައި ހިނިތުންވުމާއެކު ކުޑަކުއްޖާ ކޮނޑަށް އަތް ލައިގެން ސެލީފައި ހުއްޓިގެން ހުރެފައެވެ. އެއާއެކު އޭނާގެ ގިނަ ސަޕޯޓަރުން ވަނީ މިއީ ރޮނާލްޑޯގެ ހިތްތިރިކަން ހާމަކޮށްދޭ ކަމެއް ކަމަށް ބުނެފައެވެ.

ސެލްފީ ނަގާ ނިމުން އިރު ދަނޑުގެ ސެކިއުރިޓީ ގާޑް ކުޑަ ކުއްޖާ ފަހަތުން އައިސް އަރާ ހަމަވުމުން، ކުޑަކުއްޖާ ދުއްވައިގަތުމުން ރޮނަލްޑޯ ދެފަރާތަށް ބޫހާރާ ހިނިތުންވެފައި ހުރި މަންޒަރު ވީޑިއޯއިން ފެނެއެވެ. ޔުއެފާއިން ނިންމާފައި ވަނީ ޔޫރޯ 2024 ގެ ކުރިއަށް ހުރި މެޗުތަކަށް ނުވަދެވޭ ގޮތަށް ކުޑަކުއްޖާ އަށް އަދަބު ދިނުމަށެވެ. އަދި އެ މެޗުގައި ދަނޑުމައްޗަށް އެރި އެހެން މީހުންވެސް ސަސްޕެންޑުކޮށްފައިވެއެވެ.

ދަނޑު މައްޗަށް އަރާ ސެލްފީ ނެގުމަކީ ބޮޑެތި މުބާރާތްތަކާއި، ޚާއްޞަ މެޗުތަކުގެ ތެރެއިންވެސް ފެންނަ ކަމެކެވެ. އެފަދަ ހާލަތްތަކުގައި ދަނޑުގެ ސެކިއުރީޓީ ހުރަސްކުރި ކަމަށް ބަލާ ޔުއެފާގެ ގަވާއިދުގެ ދަށުން ސަސްޕެންޑުކުރެއެވެ.

comment ކޮމެންޓް