ޔޫރޯ ކާމިޔާބުނުވެއްޖެ ނަމަ އިސްތިއުފާ ދޭނަން: އިނގިރޭސި ކޯޗު

އިނގިރޭސި ކޯޗު ސައުތުގޭޓު: އޭނާ ބުނީ މުބާރާތް ކާމިޔާބުނުވެއްޖެ ނަމަ އިސްތިއުފާ ދޭނެ ކަމަށް --

ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ އިނގިރޭސިވިލާތަށް މުބާރާތް ކާމިޔާބު ނުވެއްޖެނަމަ މަގާމުން އިސްތިއުފާ ދޭނެ ކަމަށް އެ ގައުމުގެ ކޯޗު ގެރެތު ސައުތުގޭޓު ބުނެފިއެވެ.

މުޅި ޔޫރޯގައި ވެސް އެންމެ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައިވާ އެއް ކޯޗު ކަމަށްވާ އިނގިރޭސި ކޯޗު ގެރެތު ސަައުތުގޭޓަށް ބޮޑު ކާމިޔާބީއެއް ނުލިބޭތީ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެހެންކަމުން މި ޔޫރޯއަކީ އެ ފާޑުކިޔުންތަކަށް ޖަވާބުދޭން ރަނގަޅު މުބާރާތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސައުތުގޭޓު ބުނީ، މި ފަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ނުކުރެވިއްޖެ ހާލަތެއްގައި އޭނާ އެ މަގާމުގައި ނުހުންނާނެ ކަމަށެވެ.

މީގެ އިތުރުން މިއީ އޭނާގެ ކޯޗު ކަމުގައި އިނގިރޭސި ވިލާތް ކުޅޭނެ ފަހު މުބާރާތަށްވުން އެކަށީގެންވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާރު އުމުރުން 54 އަހަރުގެ ސައުތުގޭޓް އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމަށް ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ޓީމަށް ކޯޗުކަން ކޮށްދިން 95 މެޗުގެ ތެރެއިން 58 މެޗު ކާމިޔާބުކޮށްދީފައެވެ. އަދި، 21 މެޗުން އެއްވަރުވިއިރު ބަލިވެފައިވަނީ 16 މެޗުންނެވެ.

comment ކޮމެންޓް