ރޯގާއިން ރަނގަޅުވެ ސްޓޯންސް އެނބުރި ޕްރެކްޓިހަށް

ޖޯން ސްޓޯންސް: ރޯގާއިން ރަނގަޅުވެ އޭނާ ވަނީ އެނބުރި ޕްރެކްޓިހާ ގުޅިފައި --

ރޯގާ ޖެހުމުގެ ސަބަބުން ޓީމާ އެކަހެރިވެ ހުރުމަށް ފަހު އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް އެނބުރި ޓީމާ ގުޅިއްޖެއެވެ.

ޑިފެންޑަރު ޖޯން ސްޓޯންސް ޕްރެކްޓިހަށް ނުކުތުމުން އިންގްލަންޑަށް ބޮޑު ހަމަޖެހުމެއް ވަނީ ލިބިފައެވެ.

ސްޓޯންސް ޓީމްގެ ފަރިތަކުރުންތަކާ ގުޅިފައިވަނީ ބުދަ ދުވަހު ކޮޓަރީގައި އެކަހެރިވެ އޮތުމަށް ފަހުއެވެ. އޭނާ އެކަހެރިވެގެން އުޅުނީ ޓީމުގެ އެހެން ކުޅުންތެރިންނަށް އެ ބަލީގެ އަސަރުކޮށްފާނެތީއެވެ.

ޖޯން ސްޓޯންސް އެންމެ ފަހުން އިނގިރޭސި ޓީމާ އެކު މެޗެއް ކުޅެފައިވަނީ އައިސްލެންޑާއި ދެކޮޅަށެވެ. އެ މެޗުގައި އޭނާ ވަނީ 45 މިނެޓު ކުޅެފައެވެ. އޭނާ ބަދަލުކުރީ ވެސް އެހާ ފިޓު ނުވުމުންނެވެ.

ހުކުރު ދުވަހު ކުޅުނު އެ މެޗުން އިންގްލެންޑް 1-0 އިން ބަލިވިއިރު، އެ މެޗުގައި އިންގްލެންޑްގެ ދިފާއުގެ މައި އެއް ތަނބު ކަމަށްވާ ސްޓޯންސް ނެތް ތަން ވަރަށް ބޮޑަށް ދެއްކިއެވެ. އޭނާ ޓީމާ އެކަހެރިވެފައިވަނީ ވެސް އެ މެޗަށް ފަހުއެވެ.

މުބާރާތުގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ވާދަކުރާނީ ޑެންމާކާއެވެ. ދެވަނަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ވާދަކުރާނީ ސްލޮވީނިޔާއާއެވެ.

comment ކޮމެންޓް