06 ޖޫން 2012 އާ ގުޅޭ

"ކައިވެނި ކުރަން ފޯމު ނަގާފަ ތިއޮތީ، އާއިލާ ގަބޫލުތޯ ބެލުން މިހާރު އަހަންނަށް މުހިއްމެއްނޫން... ބޭރުގަ އެއިނީ ފަރުހާދު އޭނަ ފޯމް ފުރާނީ، ޔޫހާގެ އައިޑީ ކާޑާ ކިޔާންގެ މައުލޫމާތު ހުރި ލިޔުންތައް ވެސް ހިފައިގެން އާދޭ،" ޒައުލްގެ އަޑުގައި ހުރީ ހަރުކަށި އަމުރުވެރި ގޮތެވެ.
"ޒައުލް..." ޔޫހާއަށް ދެންވެސް ފަސްޖެހެވުނެވެ.
"އަހަންނަށް އެނގޭ މިއަދު މާމަ އައިކަން، އަދި ރަނގަޅު ވާހަކައެއް ނުދައްކާނެކަން ވެސް..." ޒައުލް ނުކުންނަން އުޅެފަވެސް ޔޫހާ ގޮވާލުމާއިއެކު އެނބުރި ވާހަކަ ދައްކަންފެށި އެވެ.
"ޒައުލްއަށް ކިހިނެއްތަ އެނގެނީ މާމަ ދެއްކީ ރަނގަޅ ުވާހަކައެއް ނޫންކަން" ޔޫހާ ބުނެލި އެވެ.
"އަހަންނަށް އަންގާލުމެއްނެތި ޖަމާލު ގާތުން ޔޫހާގެ ގެ އޮޅުން ފިލުވައިގެން އައުމުގެ ބޭނުމަކީ ކޮބާ، މާމަ ޔޫހާ އާއި ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންނަމަ އަހަންޖެހޭނީ އަހަރެންގެ ކައިރިން، އަހަރެންގެ ގާތުގައި އުޅޭ ނޯކަރުން ކައިރިއަކު ނޫން، އެހެންނޫނަސް މާމަ ނުޖެހޭނެ ޖަމާލަށް މަޖުބޫރު ކުރާކަށް އަހަރެން އުޅޭގޮތް އޮޅުންފިލުވަން... ޔޫހާ ތިހެން ބުނީތ ވެސް އަހަރެން މިހާރު މާމަ މިގެއަށް އައި ބޭނުމެއް އޮޅުން ފިލުވަން ބޭނުން، ބުނޭ... މާމަ އައީ ކީއްކުރަންށޯ، ޔޫހާއަށް މިފަހަރު ވެސް އެއްޗެހިކީތަ" ޒައުލް ހުރީ ވަރަށް ރުޅިއައިސްފަކަން ޔޫހާއަށް އެނގުނެވެ. އިތުރަށް ޒައުލްގެ ރުޅި ގަދަވާނޭފަދަ އެއްޗެއް ބުނާކަށް ޔޫހާ ބޭނުމެއްނުވިއެވެ. އެހެންވެ އިސްޖަހާލެވުނީއެވެ.
"ކީއްވެތަ އެއްޗެއް ނުބުނެ ތިހުންނަނީ، ޔޫހާ...ކިޔާދީބަލަ، ނޫނީ ހިނގާ އަހަންނާއިއެކު ކައިވެނީގެ ފޯމް ފުރަން...ޔޫހާ ބޭނުންނަމަ އަހަރެން މިކައިވެނި ރާއްޖޭން ބޭރުގ ަވެސް ކޮއްފާނަން، ބުނެބަލަ، އެހެންވެތަ ތިފަސްޖެހެނީ... އަނެއްކާ... ޔޫހާގެ ހިޔާލު ބަދަލުވީތ؟ަ" ޔޫހާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޒައުލްއަށް ކުއްލިއަކަށް ޔޫހާގެ މުލައްދަނޑީގައި ހިފާކައިރި ކޮއްލެވުނެވެ. އަދި ޔޫހާއަށް ތަދުވެގެން މޫނ ުހަދާލާފަދަ ގޮތަކަށް ހަދާލުމުން ވަގުތުން އެއަތުން ޒައުލް ދޫކޮއްލައިފ ިއެވެ. އެހިނދު ޔޫހާ ރީތިވާ މޭޒުގެ ކައިރިއަށް ދިޔައެވެ. ސެންޓުފުޅިއެއްގެ ދަށުގައި އޮތް ހުސްޗެކު ހިފައިގެން އައިސް ޒައުލްއަށް ދިއްކޮއްލި އެވެ.
"މީ ކީއްކުރަން..." ޒައުލް ޔޫހާގެ އަތުން އެޗެކު އަތުލަމުން ބުނެލި އެވެ.
'ތީ ޒައުލްގެ މާމަ ދިން އެއްޗެއް، ހުސް ޗެކެއް... އަހަރެން ބޭނުން އަދަދެއް ޖަހަން... ޗެކުގައި ލިޔެވޭވަރުގެ ބޮޑު އަދަދެއްޖަހައި، އެވަރުންވެސް އަހަންނަށް ނުފުދިއްޖެނަމަ އަހަރެންގެ މުޅި އުމުރުދުވަހު ހަރަދު ކުރާނަން ކަމަށް ބުނި..." ޔޫހާ މިހެން ބުނެލިއިރު ޒައުލް އޭނަގެ އަތުގައި އޮތް ޗެކަށް ބަލަނީ އެވެ. ޒައުލްއަށް އެއީ މަންސޫރު ކޯގެ ޗެކެއްކަން ވަގުތުން އެނގުނެވެ. އަދިވެސް ޗެކުތަކުގައި ސޮއި ކުރުމުގެ ބާރު ލާއިގާއަށް ލިބިފައިވާކަން ޒައުލްއަށް އެނގެއެވެ. އޭނައަށް ޔޫހާއަށް ބަލާލެވުނު ގޮތަށް ހުއްޓުން އަރާފައި ހުރެވުނީ އެވެ. ޔޫހާ ޒައުލްއަށް ގޮވާލުމުން ވެސް އަނގަޔަކުން ނުބުންޏެވެ. ޒައުލްއަށް ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓުނ ީއެވެ. އޭނަގެ ލޯބިވާ މާމަގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށްފެންވަރެއްގެ ޢަމަލެއް ކަމުގައި އޭނަ ދެކުނެވެ. އަދި ހިތުން ލާއިގާ އާއިމެދު ޝަކުވާ ކުރެވުނެވެ. ކުޑައިރުއްސުރެ އޭނަގެ އެންމެ ގާތް މީހެއްގެ ގޮތުގައި ހުރެ އޭނަގެ އުފާތަށް ފޭރިގަންނަން މަސައްކަތްކުރާތީ އެވެ.
"އަހަރެން ކައިވެނި ކުރާނަން، ބޭރަށް ދިއުން މުހިއްމެއް ނޫން، ޒައުލް ބޭނުން ގޮތެއް...ޒައުލް... އަހަރެން ކައިވެނި ކުރާނަމޭ..." ޔޫހާއަށް ޒައުލްގެ މޫނުމަތީގައިވި ރުޅި ފިލާގޮސް އެމޫނު ހުދުވެގެންދިޔަ މަންޒަރު ފެނުމާއިއެކު ބުނެލެވުނެވެ. ލާއިގާގެ ސަބަބުން ޒައުލްގެ ހިތަށް ތަދުވެއްޖެކަން ޔޫހާއަށް އެނގުނެވެ. ޔޫހާ ޒައުލްގެ އަތުގައި ހިފާލަމުން ގާތްވެލި އެވެ. ޒައުލް ދެފަރާތަށް ބޯހޫރުވާލާފައި އަތުގައި އޮތް ޗެކު ޔޫހާއަށް ދައްކާލަމުން އެއްޗެއް ބުނަން އަނގަހުޅުވާލާފަ ވެސް ނުބުންޏެވެ. ދެންވެސް އަތުގައި އޮތް ޗެކަށް އޭނަ ބަލާލި އެވެ. ލާއިގާ އެހެން ހަދާފާނެ ކަމަށް ގަބޫލުކުރަން ދަތިވެގެންނެވެ. ޒައުލް އެޗެކު މެދުން ފަތްޖަހާލަމުން ފަޓުލޫނުގެ ޖީބަށް ލާފައި ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. ޔޫހާ އޭނަގެ އައިޑީކާޑާ އެހެނިހެން ލިޔުންތައް ހިފައިގެން އަވަސް އަވަހަށް ޒައުލްގެ ފަހަތުން ނުކުތެވެ.

"ދާންވީތޯ" ޒައުލް ކޮޓަރިން ނުކުތްގޮތް ފެނުމުން އަވަސް އަވަހަށް ސޯފާއިން ތެދުވެ ފަރުހާދު އަހާލި އެވެ.
"ނޫން، ކުރިއަށްގެންދަންވީ" ޒައުލް އޭނަގެ ދާދިގާތުގައި ހުރި ޔޫހާއަށް ބަލާލަމުން ބުނެލި އެވެ. އެއާއިއެކު ފަރުހާދު ފޯމު ފުރަންފެށި އެވެ. އޭނައަށް އެފޯމް ފުރަމުންދިޔައިރު ކުރެވުނު ސުވާލަކަށް ޒައުލްގެ ފަރާތުން ލިބުނު ޖަވާބުން ކުއްލި ހައިރާންކަމެއް ލިބިގެންދިޔަ އެވެ. ނަމަވެސް ޒައުލް އާއި ސުވާލުކުރާކަށް ނުކެރުނެވެ. ޔޫހާގެ ދަރިއަކު ހުރެފަ އޭނަގެ އަލަތު ކައިވެންޏަށް އެކައިވެނި ވާނެ ގޮތެއް އޭނައަށް ނުވިސްނުނެވެ. ޔޫހާ ދެއަތްދެއަތާ މޮޑެމުން ދިޔައީ ނޭވާ ހިފަައްޓާލައިގެން އިނދެއެވެ. މިހިސާބަށް ކަންތައްދިޔައިރ ުވެސް އޭނަގެ އާއިލާގެ އެކަކަށްވެސް ނޭނގެއެވެ. ޔޫހާ ބުނަން ބޭނުންނުވަނީކީ ނޫނެވެ. އޭނައަށް ޝަފަގާއި މަންމަ އާއި ދެމީހުންނާއިމެދު އެވަގުތު ވިސްނެމުންދިޔަ އެވެ. ޔޫހާ ކައިވެނި ކުރާކަން އެނގިއްޖެއްޔާ އެމީހުން ބުނާނީ ކީކޭބާއޭ އޭނަގެ ހިތަށްއަރަމުންދިޔަ އެވެ. ޔަގީނުން ވެސް އޭނަގެ ދައްތަ ޝަފަގު ހުންނާނީ ވަރަށް އުފަލުންނެވެ. އެހެންނަމަވެސް ޔޫހާގެ މަންމަ ދެކޭނެގޮތެއް ނޭނގެއެވެ.

ފޯމު ފުރުމުގެ ކަންތައް ކުރިއަށްދަނިކޮށް އެތަނަށް އަފްލީން ނުކުތެވެ. އޭނަވެސް ހުރީ ވާނުވާނޭނގިފަ އެވެ. ޔޫހާ އިށީދެނގެން އިން ގޮނޑީގެ ފަހަތުގައި ހުއްޓިލައިގެން ހުރެ ޒައުލް އާއި ފަރުހާދުގެ މޫނަށް ބަލަމުން އެމީހުން ދައްކާ ވާހަކަތައް އަޑުއަހަމުންދިޔަ އެވެ.
"ދޮންބެ ނެތިސް ހުރިހާކަމެއް ނިންމާލަނީތަ؟" އަފްލީން ޔޫހާގެ ކޮނޑުގައި ހިފާލަމުން ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލި އެވެ.
"ޝާއިން އެބަ އާދޭ..." ޒައުލް އަވަސް އަވަހަށް އަފްލީންއަށް ޖަވާބު ދިނެވެ. އެއާއިއެކު ޔޫހާއަށް ވެސް ޒައުލްއަށް ބަލާލެވުނެވެ. ޝާއިންއަށް ޒައުލް ކައިވެނި ފޯމު ހިފައިގެން އައިކަން އެނގޭބާއޭ އޭނަގެ ހިތަށްއެރި އެވެ. ސުވާލުން ފުރިގެންވި ނަޒަރަކުން ޔޫހާ ޒައުލްއަށް ބަލަހައްޓައިގެން އިންނަން ފެށުމުން އޭނަ ޔޫހާގެ ސުވާލަށ ްވެސް ޖަވާބުދިނެވެ.
"ޝާއިން ގާތުގަ އަހަރެން އެހިން، ޔޫހާ މައްސަލައެއް ނެތިއްޔާ އޭނަގެ އެއްވެސް މައްސަލައެއްނެތް" ޒައުލް ބުނެލި އެވެ.
އޭގެ އިރުކޮޅެއްފަހެވެ. ފޯމު ފުރަން އިން ފަރުހާދު ޔޫހާއަށް ބަލާލަމުން ކައިވެނީގެ ރަނެއް ކަމުގައި އަދަދެއް ކަނޑައެޅުމަށް ބުންޏެވެ. ހަމައެވަގުތު ޝާއިނ ްވެސް އައިސް ސިޓިންރޫމަށް ވަންނަނީ އެވެ. ޔޫހާގެ ހަތަރެސްފައި ފިނިވެފައިވެ އެވެ. އަދި އޭނައަށް ފަރުހާދުއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

"ނިމުނީތަ..." ޝާއިން އަވަސް އަވަހަށް އައިސް ސޯފާގައި ޒައުލްގެ ގާތު އިށީންނަމުން އަހާލިއެވެ. ޒައުލް ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނުމަށެވެ. ފަރުހާދު ދެވަނަ ފަހަރަށް ވެސް ކައިވެނީގެ ރަން ކިއުމަށް އެދުނެވެ. ޔޫހާއަށް ހިންދިރުވާލުމާއިއެކު ޒައުލް އަށާއި ޝާއިންއަށް ބަލާލެވުނެވެ.
"ޔޫހާ...ބުނެބަލަ..." ޒައުލް ބުނެލި އެވެ. އަދި ޝާއިން ވެސް ލޮލުގެ އިޝާރާތުން ބުނާށޭ ބުނާ ފަދަގޮތެއް އިޝާރާތް ކޮއްލިއެވެ. ޔޫހާގެ ފަހަތުގައި ހުރި އަފްލީން ގުދުވެލާފައި ޔޫހާގެ ކަންފަތްދޮށުގައި ސިއްރު ސިއްރުން އެއްޗެއް ބުނެލިއެވެ. އެއާއިއެކު ޔޫހާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރުވާލި އެވެ. ލާނެތްގޮތަކަށް ހިނިއައިސްފައި އަފްލީން ޒައުލްއަށް ބަލާލިއެވެ.
"ކިތަންމެ ބޮޑު އަގެއް ކިޔަސް އަހަންނެއް ނުސިހޭނެ" ޒައުލް ވެސް ހިނިއައިސްފައި އަފްލީންއަށް ބަލާލަމުން ބުނެލިއެވެ. އެންމެންވެސް ތިބީ ޔޫހާ ބުނާނެ އަދަދެއްގެ އިންތިޒާރުގަ އެވެ. ނަމަވެސް ހާސްކަންވެރިވަމުންދިޔަ ޔޫހާ ދާހިއްލަން ފަށައިފިއެވެ. ސިކުނޑިން ވިސްނަން އުޅެއުޅެ އެކަމެއްވެސް ނުވިއެވެ. ޒައުލްއަށް ޔޫހާގެ ހާސްކަން ނަގައިގަނެވުނީ ކަންނޭގެއެވެ. އޭނަ ތެދުވެގެން އައިސް ޔޫހާގެ ގާތުގައި ހުއްޓި ތިރިވެލަމުން ޔޫހާއާއި އެއް ހަމައެއްގައި ކުޑަކަކޫ ޖަހާލާފަދަ ގޮތަކަށް އިށީނެވެ. އަދި ޔޫހާގެ އަތްތިލާގައި ހިފާލަމުން ޔޫހާ ކޮންމެ އަދަދެއް ބުނިކަމުގައި ވިޔަސް އޭނައަށް އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. އެހެންވީމަ ކޮންމެވެސް އަދަދެއް ބުނެދިނުމަށް ޒައުލް އެދުނެވެ. ޔޫހާ ޒައުލްގެ އަތްތިލާގައި ހިފާ ބާރުކޮއްލުމާއިއެކު ކޮންމެވެސް އެއްޗެކޭ ބުންޏެވެ. އެކަމަކު އެކަކަށްވެސް އޭނަ ބުނީ ކީކޭކަމެއް ސާފުވާވަރެއްނުވި އެވެ. ހާސްވެފައިންވަރުން ޔޫހާގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ. ޒައުލް އޭނަގެ އެހާ ގާތުގައި އިންއިރު އޭނައަށްވެސް އަޑު ނީވުނީ އެހެންވެއެވެ. ޔޫހާ މަޑުމަޑުން ކަރުކެހިލުމަށްފަހު ކައިވެނީގެ ރަން ޒައުލްއަށް ބަލާލަމުން ބުނެލިއެވެ. ޒައުލް ހިނިއައިސްގެން ގޮސް ހީވީ ޔޫހާގެ ގައިގާ އޮޅުލައިގަނެދާނެހެންނެވެ.
"ހަތް ސަތޭކަ ތިރީސް ތިން ރުފިޔާ..." ޒައުލް ފަރުހާދަށް ބަލާލަމުން ޔޫހާބުނި އަދަދު ތަކުރާރުކޮއްލި އެވެ. އެންމެންގެ ތެރޭ ޒައުލް ޔޫހާގެ ދެއަތްތިލާގައި ހިފާ އުފުލާލުމާއިއެކު އެ ދެއަތްތިލާގައި ބޮސްދީފި އެވެ. ޒައުލްއަށް އައިސްފަ ހުރި ބަދަލު ޔޫހާއަށް ވިސްނައިގަންނަން އުނދަގޫވި އެވެ. އެހެންނަމަވެސް އޭނަގެ މޫނުމަތިން އުފާވެރިކަމާއިއެކު ހިނިތުންވާތަން ފެނުމުން ޔޫހާގެ ހިތަށްވެސް ހަމަޖެހުން ލިބިގެންދިޔަ އެވެ. ފަރުހާދު ފޯމުގެ ހުރިހާ ކަމެއް ނިންމާލި އެވެ. އަދި ފައިލްގެ ތެރެއިން އިތުރު ދެފޯމެއްނަގާ ޒައުލްއަށް ދިއްކޮއްލ ިއެވެ.
"ތިވެސް ފުރާލާ، ބޭނުންވާ މައުލޫމާތު ލިބެން އެބަހުއްޓެއްނު" ޒައުލް ބުނެލި އެވެ.
"އެއީ ކޮން ފޯމެއް...." ޔޫހާ މަޑުމަޑުން ޒައުލްގެ ގާތު އަހާލިއެވެ.
"އެއީ އަހަރެންގެ ދަރިފުޅަށް ލިބެންޖެހޭ ހައްޤު، ދެން ޔޫހާއަށް އަހަރެންދޭ ހަދިޔާއެއް...ފަހުން ބުނާނަން" އިތުރަށް ޔޫހާ އޮޅުން ފިލުވަން އުޅޭނެކަން ޒައުލްއަށް އެނގޭތީވެ ބުނެލިއެވެ. ޝާއިން ހިނިއައިސްފައި ޔޫހާއަށް ބަލަން އިނެވެ. އޭރު އޭނަގެ ގާތުގައި އަފްލީން ގޮސް އިށީނދެއްޖެ އެވެ.

ފަރުހާދު ފޯމުތައް ފުރާ ނިމުމާއިއެކު ލިޔެކިޔުންތަކުގެ ޕޮޓޯ ކޮޕީ ނެގުމަށް ބޭނުންވާނެކަމަށް ބުންޏެވެ. އެހެންވެ ޒައުލް އުޅުނީ ހުރިހާ އެއްޗެއް ފަރުހާދުގެ އަތަށްދީފައި ފޮނުވާލާށެވެ. ނަމަވެސް ޔޫހާއަށް އެގޮތެއް ކަމަކު ނުދިޔަ އެވެ.
"ގެނޭ އަހަރެން އައިސްދާނަން ކޮޕީ ނަގާލައިގެން، މިތާ ކައިރީގަ ހުންނާނެ ފޮޓޯކޮޕީ ނަގާތަނެއް" ޔޫހާ ބުނެލިއެވެ. އެއާއިއެކު އަފްލީނ ްވެސް އެކަމަށް އެއްބަސްވެ އެއީ ތެދެއް ކަމުގައި ބުންޏެވެ. ޒައުލް ބޯޖަހާލަމުން އެއްބަސްވީ ޔޫހާ ހިތްހަމަޖެހޭ ގޮތަށް ކަންތައްތައް ކުރުމަށެވެ. ޔޫހާ އޭނަ ބޭނުންވ ިގޮތަށް އެކަންކުރިއެވެ. އަދި ފަރުހާދު ފޯމަށް ބޭނުންވާ ހުރިހާއެއްޗެއް ހަމަވުމާއިއެކު އެގެއިން ނުކުތުމަށް ޒައުލްގެ ގާތުން އެދުނެވެ.
"އަހަރެން ފަހުން ގުޅާނަން، އިރުއޮއްސޭކަންހާއިރު... ނޫނީ އަންނާނަން އެނގޭ، ދެން ދަނީ،" ޒައުލް ޔޫހާގެ އަތަށް ފިތާލަމުން މިހެން ބުނެ ފަރުހާދު އާއިއެކު އެނގެއިން ނުކުތުމަށް ހިނގައިގަތެވެ. އަދި ދަމުން ޝާއިން ގާތު ނާންނާނަންތޯ ސުވާލުކުރި އެވެ.
"މެންދުރު ގެއަށް އާދެވުނީތީ ދެންދާނީ ގޭން ކާލައިގެން، ޒައުލް ބިޒީ ނޫނިއްޔާ އަހަރުމެންނާއިއެކު ބައިވެރިވާންވީނު" ޝާއިން ދައުވަތު ދިނެވެ. ޒައުލް ހުރީ އެހެން ނުބުނެގެންނެވެ. އަވަސް އަވަހަށް ޖަމާލުއަށް ގުޅާލާފައި ފަރުހާދު ދާން ބޭނުންވާ ތަންތަނަށް އޭނަގެ ކާރުގައި ގެންގޮސްދިނުމަށް ބުންޏެވެ. އަދި ފަރުހާދުއަށް ދެން ކަންތައްތައް ކުރަންވީގޮތް ކިޔާދިނުމަށްފަހު އަނެއްކާ ވެސް ޒައުލް ސިޓިން ރޫމަށްވަނެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު