ސިފައިންނާއި ފުލުހުންގެ މަސްއޫލިއްޔަތު ގާނޫނުގެ ތަރަހައިގެ ތެރެއިން އަދާކުރުމަށް ޔާމީން ގޮވާލައްވައިފި

ސިފައިންނާއި ފުލުހުންގެ މަސްއޫލިއްޔަތު ގާނޫނުގެ ތަރަހައިގެ ތެރެއިން އަދާކުރުމަށް ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.


ސަރުކާރާދެކޮޅު އިއްތިޔާދުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ރޭ ވިދާޅުވީ، ދައުލަތުގެ ވަޒީރުންނަށް، ގާނޫނުއަސާސީން ދެވެންނެތް ހިމާޔަތް ދިނުމަށް ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ސިފައިންނާ ފުލުހުންނަކީ ގައުމާއި ރައްޔިތުން ހައްގުތައް ހިމާޔަތްކުރަންޖެހޭ ބައެއް ކަމަށާއި، ނަމަވެސް މިހާރު ވަމުންދާ ގޮތަކީ ތިން މީހަކު މުލިއާގޭދޮށަށް އެއްވިއަސް ރައީސް ނަޝީދު ހިމާޔަތް ކުރެއްވުމަށް ފުލުހުން ހަރަކާތްތެރިވަނީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ޔާމީންގެ ވާހަކައިގައި ސަރުކާރުގެ ސިޔާސަތަށް ވަރަށްބޮޑަށް ފާޑުވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު