ފަސް މިސްކިތެއްގައި ރަސޫލާގެ ހަދީސްފުޅުތައް ކިޔައިދެނީ

އަލް އިމާމުއް ނަވަވީ ލިޔުއްވާ، ފާރޫގު މުހައްމަދު ތަރުޖަމާ ކުރައްވާފައިވާ "ރިޔާޒުއް ސާލިހީން" މާލޭގެ ފަސް މިސްކިތެއްގައި ކިޔައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާއިދް މޫސާ އަންވަރު ހަސަން ވިދާޅުވީ އެ ފަސް މިސްކިތުގައި ކޮންމެ ދުވަހަކު އަސުރު ނަމާދަށް ފަހު މިސްކިތުގެ އިމާމް ހަދީސް ކިޔައިދޭނެ ކަމަށެވެ.

ހަދީސް ކިޔައިދޭ މިސްކިތްތަކަކީ ނޫރު މިސްކިތާއި ފުރުގާނު މިސްކިތާއި ހުޅުމާލޭ މަސްޖިއްދުއްޝައިހާއި މުހައްމަދު ގާސިމް ބިން އަލްސާނީ އާއި ވިލިމާލޭގައި ހުންނަ މަސްޖިދުއް އިހްލާސްގަ އެވެ.

"ކޮންމެ ދުވަހަކު އަސުރު ނަމާދަށް ފަހު އެ މިސްކިތެއްގެ އިމާމް، އެފޮތުގައި އޮންނަ ގޮތަށް އެއް ހަދީސް ކިޔައިދޭ ގޮތަށް ހަމަޖެހިފައި ވަނީ" އަންވަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިހަދީސް ފޮތް ނިމެންދެން އެ ފަސް މިސްކިތުގައި ކޮންމެ ދުވަހަކު ވެސް ހަދީސުން ކިޔައިދިނުން އޮންނާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓުރީން ބުނީ މީހުންގެ ޝައުގުވެރިކަން ހުރި މިންވަރު ބަލައި އަތޮޅުތަކުގައި ވެސް ހަދީސް ކިޔައި ދިނުން ކުރިޔަށް ގެންދާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު