މިސްކިތްތައް މަރާމާތު ކުރަން މިނިސްޓްރީ އިން ސިޓީ ކައުންސިލަށް އެހީވަނީ

ރޯދަމަސް އައުމުގެ ކުރިން މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ސިޓީކައުން ސިލަށް އެހީތެރިވާން ނިންމައިފި ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ސީޓީކައުންސިލްގެ މެންބަރުންނާއި ބައްދަލުކޮށް މިސްކިތްތްކުގެ މަރާމާތާއި އެކިކަންކަމަށް ބޭނުންވާ ކަންކަން އޮޅުން ފިލުވާފައިވާ ކަމަށާއި މިސްކިތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސީޓީ ކައުންސިލުގައި ދަންނަވާފައި ވާނެ ކަމަށެވެ.

"ހާއްސަކޮށް ރަމަޟާ މަސް އަންނާތީވެ މިސްކިތަކަށްވާ ދަތިތައް އޮޅުން ފިލުވާ މަރާމަތުކުރުމާއި އެފަދަ އެއްވެސް ކަމެއްގައި [ސިޓީ ކައުންސިލުން] ބޭނުންވެއްޖެ ހުރިހާ އެހީތެރިކަމެއް އިސްލާމިކު މިނިސްޓްރީގެ ފަރާތުން ސިޓީކައުން ސިލަށް ދޭނެ ކަމުގެ ޔަގީންކަން އޮންނާނީ އަރުވާފައި،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެނޫން ބައެއް ކަހަލަ އެހީތެރިކަން ދެވެން ހުރި ދާއިރާތައް ފާހަގަކޮށް އެފަދަ އެހީތެރިކަން ވެސް ކައުންސިލަށް ދޭނެ ކަމަށާއި ސީޓީކައުންސިލުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ މިސްކިތްތަކާއި އެ މިސްކިތްތަކުގެ އިމާމުން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރިނަމަވެސް މިސްކިތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެމިނިސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު