ބާސްކެޓުގެ ރައީސްކަން ހާފިޒު ދިފާއުކޮށްފި

ނާއިބް ރައީސް އަހުމަދު އިސްމާއީލްއާ ވާދަކޮށް ބާސްކެޓް އެސޯސިއޭޝަނުގެ ރައީސްކަން އަހުމަދު ހާފިޒު ދިފާއުކޮށްފި އެވެ.
ރޭ ބޭއްވި އިންތިހާބުގައި ހާފިޒަށް 10 ވޯޓު ލިބުނު އިރު އަހުމަދު އިސްމާއީލް އަށް ލިބުނީ ހަ ވޯޓެވެ.

ނާއިބް ރައީސް ކަމަށް ވާދަކުރި ޖެނެރަލް ސެކްރެޓަރީ އަބުދުﷲ އާމިރަށް ވެސް ލިބުނީ ހަ ވޯޓެވެ. ނަމަވެސް 10 ވޯޓާއެކު ނާއިބް ރައީސް ކަމަށް އިންތިހާބުވީ ކޯޗު އަލީ ނަސީރެވެ.

އަހުމަދު އިސްމާއީލް އާއި ހާފިޒު އަދި އަބުދުﷲ އާމިރަކީ ފާއިތުވެދިޔަ 17 އަހަރު ތެރޭގައި ބާސްކެޓް އެސޯސިއޭޝަން ހިންގެވި ވަރަށް އެކުވެރި ތިން ބޭފުޅުންނެވެ. މި ތިން ބޭފުޅުންނަކީ ކުރިން ވެސް ކްލަބް ވެލެންސިއާގައި ވެސް އިސްކޮށް އުޅުއްވި ތިން ބޭފުޅުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު