ރާއްޖޭގެ އެންމެ ބޮޑު ނާސަރީ ސިޓީ ކައުންސިލުން ހުޅުމާލޭގައި ހުޅުވައިފި

ހުލުމާލޭގައި ހުޅުވި ނާސަރީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވަނީ --- ސަންފޮޓޯ/ މުހައްމަދު މާވީ

ރާއްޖޭގެ އެންމެ ބޮޑު ނާސަރީ ހުޅުމާލޭގައި ހުޅުވައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ "މާލެ ފެހި" ނާސަރީތަކުގެ ތެރެއިން ހުޅުމާލޭ ސަހަރާ ކައިރީގައި ތަރައްގީކުރި ތަން މިއަދު ހުޅުއްވައިދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

އެތަން ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެއީ މާލެތެރެ ފެހި ކުރުމަށް އެ ކައުންްސިލުން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގައި ހުޅުވި ނާސަރީ --- ސަންފޮޓޯ/ މުހައްމަދު މާވީ

އެތަނުގައި ތަފާތު ވައްތަރުގެ މާ ގަސްގަހުގެ އިތުރުން، މޭވާ އަޅާ ގަސްގަހާއި، ކަދުރު ރުއް ފަދަ، ތަފާތު ބާވަތްތަކުގެ ގަސްތައް ގަންނަން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިތާ ވަރަށް ހާއްސަ ފީޗާއެއްގެ ގޮތުގައި ހުންނާނީ ބަޓަފްލައި ގާޑެންއެއް. އަދި އެތަނުގައި އަޅުގަނޑުމެން ބޭނުންވާ ވަރަށް ދުވަސްކޮޅަކުން ކޮކާތައް އިތުރު ވާނީ" މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގައި ހުޅުވި ނާސަރީ --- ސަންފޮޓޯ/ މުހައްމަދު މާވީ

އޭނާ ވިދާޅުވީ އެތަނުގައި މިހާރު ވެސް ކޮކާ އާލާކުރަމުންދާއިރު، ދުވަސްކޮޅެއްގެ ތެރޭގައި އެތަނުގައި ހަތަރު ބާވަތެއްގެ 1،000 ކޮކާ އަބަދު ވެސް އުޅޭނެ ވަރު ކުރެވޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވެސް އަންނަނީ މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ނާސަރީތައް ގާއިމުކޮށް، ގަސްގަހާގެހި އާލާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް