އަނެއްކާވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޝީ ބިލްޑިން ކުރިމަތީ ހުރި ގުދަނެއްގައި ރޯވެފައި-- ފޮޓޯ/ އެމްއެންޑީއެފް

މާފަންނު ޝީ ބިލްޑިން ކައިރީ ހުރި ހައުސް ޕްލާޒާ ކިޔާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއީ މިއަދު ހިނގި ދެވަނަ އަލިފާނުގެ ހާދިސާއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނޫނެވެ. ގުދަނެއް ގޮތަށް ހުރި އެ ތަނުގައި ރޯވެފައި ވަނީ ކުނި ތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފަ ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިވަގުތު އެމްއެންޑީއެފުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު މުޅި ސަރަޙައްދަށް ވަނީ ދުންގަނދު ފެތުރިފައެވެ.

https://sun.mv/181727

މި ހާދިސާގެ އިތުރުން މިއަދު ފަތިހު ވެސް ވަނީ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުމެއް ލިބިފައެވެ. ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައާއެކު، އެ ފިހާރަ ކައިރީގައި ޕާކުކޮށްފައި ހުރި 15 ސައިކަލު ވަނީ އަނދައި އަޅިއަށް ވެފައެވެ.

މި ހާދިސާގައި އެއްވެސް ގެއަކަށް އަދި މީހަކަށް އަނިޔާ ނުވި ނަމަވެސް ފިހާރައިގެ މުދާތައް ސަލާމަތްކުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް