އެމްޑީއޭ އާއި މޯލްޑިވްސް ޔުނިފައިޑް ގޭމިން ގުޅިގެން ފީފާ މުބާރާތެއް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ޔުނިފައިޑް ގޭމިން (އެމްޔޫޖީ) ގުޅިގެން ބާއްވާ ފީފާ މުބާރާތުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ޔުނިފައިޑް ގޭމިން (އެމްޔޫޖީ) ގުޅިގެން ބާއްވާ ފީފާ މުބާރާތް ފޯރިއާއެކު ކުރިއަށް އެބަަދެއެވެ.

މަޝްހޫރު ފުޓުބޯޅަ އީ ގޭމިން "ފީފާ 23"ގެ މުބާރާތް މާލޭގައި ހުންނަ އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރުގައި ފެށީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އެ ދުވަހު ވެސް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާ އިރު، ދެ ކުޅުންތެރިންގެ ޓީމެއްގެ ގޮތުގައި ކުރިއަށްދާ އެ މުބާރާތުގައި ޖުމުލަ 450 ކުޅުންތެރިން ވާދަކުރެއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ޔުނިފައިޑް ގޭމިން (އެމްޔޫޖީ) ގުޅިގެން ބާއްވާ ފީފާ މުބާރާތުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

އެމްޑީއޭއިން ބުނީ އެ މުބާރާތާއެކު ޒުވާނުން ބާރުވެރި ކުރެވި، ރާއްޖޭގައި ގެއްލިފައި އޮތް އީ ސްޕޯޓްސްއަށް ދިރުމެއް ލިބިގެންދާނެ ކަމަށާއި އަމާޒަކީ ރާއްޖޭގެ ގޭމަރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށް، ވަނަތައް ހޯދުން ކަމަށެވެ.

"މިއީ ރާއްޖޭގައި މިއަހަރު ބޭއްވޭ ފީފާ ޑަބަލްސް ޓޯނަމެންޓުގެ އެންމެ ބޮޑު ޕްރައިޒް ޕޫލާއެކު ބޭއްވޭ ޓޯނަމެންޓް. މި ފުރުސަތު ހޯއްދަވައިދެއްވީތީ ކައުންސިލް މެންބަރު ފާއިޒް އަދި ހަމައެއާއެކު މި ޓޯނަމެންޓް ފެސިލިޓޭޓްކޮށް، އެންޑޯސްކޮށްދެއްވާ މަހުޒޫމް، ޒިޔާދު އަދި ސާލިމަށް ޝުކުރު އަދާކުރަން. ޓޯނަމެންޓް ކުރިއަށްދާނީ ހަތަރެއް ނުވަތަ ފަސް ދުވަހަށް،" އެމްޑީއޭއިން ބުންޏެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ޔުނިފައިޑް ގޭމިން (އެމްޔޫޖީ) ގުޅިގެން ބާއްވާ ފީފާ މުބާރާތުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

އެ މުބާރާތުގައި ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 30،000 ރުފިޔާއެވެ. މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދާ ޓީމުތަކަށް އެ ފައިސާ ބަހާނެ ކަމަށް އެމްޑީއޭއިން މައުލޫމާތުދެއެވެ.

އެ މުބާރާތް ކުރިއަށްގެންދިއުމުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު