ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މިދިޔަ އަހަރު ފެށި ނާސިން ސްކޮލާޝިޕްއަށް ކުރިމަތުލުމަށް ހުޅުވާލައިފިއެވެ.
ނަރުހުންނަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއްފަރާތްކަން ފާހަގަކޮށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ހިދުމަތުގައި އެންމެގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުން ކަމަށެވެ.
އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުމާއެކު ނަރުހުންގެ ހިދުމަތް އަދި ހާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ރަޖިސްޓާޑް ނަރުހުންގެ އަދި މިޑް ވައިފްގެ އެހީތެރިކަން ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ނަރުހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ތައުލީމާއި ތަމްރީނުގެ ރޮގުން ނަރުހުން ބާރުވެރިކޮށް، ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން އެ ހޮސްޕިޓަލުން ނަރުހުންގެ ދާއިރާއިން ހާއްސަ ސްކޯލާޝިޕްތަކެއް، ޑިޕްލޮމާ އަދި އަންޑާ ގްރެޖުއޭޓް ޑިގްރީގެ ގޮތުގައި ވިލާ ކޮލެޖާ ގުޅިގެން ހުޅުވާލުމަށްވަނީ ހަމަޖެހިފަ. ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލްގެ ނާސިން ސްކޮލަރޝިޕްތަކަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުށް ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހިވެގެންދާނެ ފުރުސަތެއް ކަމުގައި އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕުން ހުޅުވާލާފައިވާ ސްކޮލަޝިޕްތައް
- ބީއެސްސީ (އޮނާސް) ނާސިންގް (އިންޓަރނޭޝަނަލް) ޓޮޕް-އަޕް/ ސެޕްޓެމްބަރ 2023 އިންޓޭކް (2 ޖާގަ)
- ޑިޕްލޮމާ އިން ނާރސިން/ ސެޕްޓެމްބަރ 2023 އިންޓޭކް (5 ޖާގަ)
މި ސްކޮލަޝިޕްއަށް އެދޭ ފަރާތްތަކުގައި ހުންނަ ޖެހޭ ޝަރުތުތަކަކީ:
- ކޯހަށް އެދޭ ފަރާތަކީ ވިލާ ކޮލެޖުން އެޑްމިޝަންގެ އެންމެހައި ކަންތައް ފުރިހަމަ ކުރެއްވުމަށް ފަހު، ކޯހުން ޖާގަ ލިބިފައިވާ ފަރާތެއް ކަމުގައިވުން
- އަލަށް ކޯހަށް ވަންނަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ކޯހަށް ހުށަހެޅޭނެ،
- ކޯހަށް އެދޭ ފަރާތަކީ އެހެން ސްކޮލާޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލްޖް ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށް ވެގެން ނުވުން، މިއެވެ.
ސްކޮލަޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ސެޕްޓެންބަރު މަހުގެ ނުވައެއް ވާ ބުރާސްފަތި ދުވަހުގެ 17:00 ކުރިން އެ ހޮސްޕިޓަލަށް މެއިލް [email protected] ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.