އީދު ޗުއްޓީއާ ދިމާކޮށް އެމްފައިސާ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް

އުރީދޫގެ ޑިޖިޓަލް ޕޭމެންޓް ޚިދުމަތް، އެމް-ފައިސާއިން ކުރިއަށް އޮތް ބަންދު ދުވަސްތަކާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫއިން މިހާރު ފަށާފައިވާ ޕްރޮމޯޝަންގައި ހިމެނެނީ ކ. ތުލުސްދޫ އާއި އއ. ރަސްދޫގައި ހުންނަ ދެ ގެސްޓްހައުސްއެކެވެ. އެއީ ތުލުސްދޫގެ ޑްރީމް އިން ގެސްޓްހައުސް އާއި ރަސްދޫގެ ފިންސް ޑައިވް އެންޑް ލެއިޝާ ހޮޓަލެވެ.

އެ ޕްރޮމޯޝަންގެ ދަށުން، އެ ދެ ގެސްޓްހައުސްގައި މަދުވެގެން ދެ ރޭ ހޭދަކުރަން، އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް އެތަނެއްގައި ހިލޭ އިތުރު ރެއަކު ހުރުމަށް ފުރުސަތު ލިބޭނެއެވެ.

އުރީދޫއިން ބުނީ، ފިންސް ޑައިވް އެންޑް ލެއިޝާ ހޮޓަލަކީ ތިން ތަރީގެ ހޮޓަލެއް ކަމަށެވެ. އެ ހޮޓަލުގެ ގްރައުންޑް ފްލޯގައި ފަސް ޑިލަކްސް ރޫމާއި އެއް ސުޕަ ޑިލަކްސް ރޫމް ހުރެއެވެ. އޭގެ ތެރެއިން ކޮންމެ ކޮޓަރިއެއްގައި ވެސް ފްލެޓް ސްކްރީން ޓީވީ އާއި ކުޑަ ފްރިޖަކާއި ތިޖޫރީއަކާއި އަލަމާރި ހުންނާނެއެވެ. އަދި އެ ގެސްޓްހައުސްއިން ހިލޭ ވައިފައި ލިބެން ހުންނާނެ ކަމަށް ވެސް އުރީދޫއިން ފާހަގަކުރިއެވެ.

ތުލުސްދޫގެ ޑްރީމް އިން އަކީ ވެސް ތިން ތަރީގެ ހޮޓަލެއްގެ ތަޖުރިބާ ފޯރުކޮށްދޭނެ ތަނެއް ކަމަށް އުރީދޫއިން ބުންޏެވެ. އެ ގެސްޓްހައުސްގައި ތަފާތު ކާނާ ތައްޔާރުކޮށްދޭ ރެސްޓޯރެންޓެއް ހުންނާނެ ކަމަށާއި ޑިލަކްސް ރޫމްތަކާއި ސުޕަ ޑިލަކްސް ރޫމްތައް ހުންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެމް-ފައިސާއަށް ރަޖިސްޓްރީ ކުރެވޭނީ އުރީދޫ އެޕް ޑައުންލޯޑްކޮށްގެންނެވެ. އެ ޚިދުމަތް މެދުވެރިކޮށް ބިލް ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި އުރީދޫއިން ޕާޓްނާޝިޕް ހަދާފައިވާ ވިޔަފާރިތަކާ ގުޅުންހުރި ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް